ނ.މާފަރު އެއާޕޯޓުގެ ރަންވޭގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ އެކްސްކަވޭޓަރެއް ފުރޮޅާލައި މީހަކު މަރުވެއްޖެ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ، މިއަދު ހެނދުނު 9:27 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އަނިޔާވި މީހާ މާފަރު ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.
އެ ހާދިސާގައި މަރުވެފައިވަނީ އެކްސްކަވޭޓަރު ދުއްވަން އިން ޑްރައިވަރު ކަމަށާއި އެއީ 35 އަހަރުގެ އިންޑިއާ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ދަނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.
މާފަރު އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީންނެވެ.







ޚިޔާލު (1)
މިހިތާމަވެރިހާދިސާގެ ފުރިހަމަ ޒިންމާނަގަންޖެހޭނީ ސައިޓާ ހަވާލުވެހުރި ސުޕަވައިޒަރު ސަފީގު