އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މަޤާމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށްފިއެވެ.
މި މައްސަލަ ތާވަލުކޮށްފައިވަނީ މެއި މަހުގެ 31 ވާ ބުދަ ދުވަހުގެ މަޖިލިސް ޖަލްސާއަށެވެ. އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ސިޓީއަކުން މެމްބަރުންނަށް އަންގަވާފައެވެ.
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހެޅީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައާއި ގުޅުވައިގެންނެވެ. އެގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަ ނާއިބުގެ ޙައިސިއްޔަތުން އިބްރާހީމް ރިއްފަތު އިސްދައުރެއް އަދާކުރެއްވި ގާނޫނީ ޓީމުން ވަކާލާތު ކުރީ ރާއްޖޭގެ ހިމާޔަތުގައި ނޫން ކަމަށް ވަނީ ބުނެފައެވެ.
އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުންނެވެ. ސަރުކާރަށް ތާއިދު ކުރާ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އަދަދު އަދިވެސް 55 އަށް އަރައެވެ. އެހެންކަމުން ސަރުކާރަށް ތާއިދު ކުރާ މެންބަރުންގެ ތެރެއިން މެންބަރުންތަކެއްގެ ތާއިދު ނެތި ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާހެއް ނުވާނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.