ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންގެ ނުތަނަވަސް ކަމާއި، އަތްމަތި ދަތިކަން ވީ ބޮޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ފ.އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގައި ތަރައްޤީއާއި ގުޅޭގޮތުން ދައްކަވަމުންދާ ވާހަތަކަށް އިޝާރާތް ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ޞާލިހު ވިދާޅުވެފައިވަނީ އެއްވެސް ރަށެއް ތަފާތު ކުރުމެއްނެތި ތަރައްޤީ ގެނެސް އަސާސީ ހައްގުތައް ކަށަވަރު ކޮށް ދިނުމަކީ މިސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. https://twitter.com/waddey_/status/1662354352022093824?s=20 ރައީސްގެ ވާހަތަކާއި ގުޅިގެން މެމްބަރު ވައްޑެ ވިދާޅުވީ ތަރައްޤީއަކީ މިހާއަށް އަންނަ ބަދަލެއް ކަމަށެވެ. ނަރުދަމާ އެޅުމާއި، އިންޖީނުގެ އެޅުމާއި، ބަނދަރު ހެދުމަކީ ރައްޔިތުންނަށް ބަދަލު އަންނާނެ ތަރައްޤީއެއް ނޫންކަމަށެވެ. މިވެރިކަމުގެ ތެރޭގައި ފެނިގެން ދިޔައީ ތަރައްގީއަށްވުރެ ބޮޑަށް ރައްޔިތުން ނިކަމެތިވި ތަންކަމަށް ވައްޑެ ވިދާޅުވިއެވެ. ރައްޔިތުންގެ ނިކަމެތިކަން އިންތިހާއަށް ދަށަށް ދިޔައިރު ފެނިގެން ދިޔައީ ދަތި ފަސް އަހަރުގެ ގޮތުގައިކަމަށް ވައްޑެ ވިދާޅުވިއެވެ.