މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން 15 ގައުމަކަށް ދައުވަތު ދީފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެއީ ކޮން ގައުމުތަކެއްކަން ހާމަކުރައްވާފައެވެ.
ހަބީބު ވިދާޅުވިގޮތުގައި 15 ގައުމެއްގެ އިލެކްޝަންސް އިދާރާތަކަށް އެ ކޮމިޝަނުން އެ ދައުވަތު މިދިޔަ ހަފްތާގައި ވަނީ ފޮނުވާފައެވެ.
އީސީން ދައުވަތު ދިން ގައުމުތައް:
- 1. ޖޯޖިއާ
- 2. ފިލިޕީންސް
- 3. އިންޑޮނޭޝިއާ
- 4. ތައިލެންޑް
- 5. ދެކުނު ކޮރެއާ
- 6. ދެކުނު އެފްރިކާ
- 7. ކިރްގިސްތާން
- 8. ހޮންޑިއުރަސް
- 9. ސްރީ ލަންކާ
- 10. ބޮސްނިއާ
- 11. އޮސްޓްރޭލިއާ
- 12. އުރުދުން
- 13. ކެނެޑާ
- 14. ޖަޕާން
- 15. ނޭޕާލް
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އީސީން ހުޅުވާލާފައިވަނީ 23 ޖުލައިގައެވެ. އެ އިންތިހާބު އޮންނާނީ 9 ސެޕްޓެމްބަރުގައެވެ. އިންތިހާބުގައި ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، އެ އިންތިހާބު އޮންނާނީ 30 ސެޕްޓެމްބަރުގައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް ހާމަކޮށްފައިވަނީ ހަތަރު ސިޔާސީ ޕާޓީއަކުންނާއި އަމިއްލަ ގޮތުން ވާދަކުރެއްވާ ދެ ބޭފުޅެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.