1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

‏150000 ރުފިޔާގެ މުދަލާއެކު ފިލި ޓެކްސީ ފުލުހުން ހޯދައިފި

35037908-AA9B-431F-84AA-F74E5D3B99D6
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓެކްސީ ކިއު --ފޮޓޯ: ވަން އޮންލައިން
ހުވަދޫ ނިއުސް ޓީމް
1,967ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

150،000ރ ރުފިޔާގެ މުދަލާ އެކު ފިލި ޓެކްސީއެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހޯދި މި ޓެކްސީ އަށް މުދާ އެރުވުމަށްފަހު، ގެންދަން ބުނި ތަނަށް ނުގެންގޮސް ފިލި ޓެކްސީއެކެވެ.

ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއު އިން އިއްޔެ ހަވީރު ޓެކްސީއެއް ނަގައި، އޭގައި 150،000ރ. އިލެކްޓްރޯނިކް ސާމާނު ތަނަކަށް ގެންދަން ހަވާލުކުރުމުން އެ މުދާ ބުނި ތަނަށް ނުގެންގޮސް، ޓެކްސީ ފިލި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

300 × 250

https://twitter.com/policemv/status/1664517597986197504?s=46&t=YOMcM7x-FnT57_2QqFS_kQ

އެ މައްސަލައާ ގުޅިގެން ސީސީޓީވީ ފޫޓޭޖް ބަލައިގެން އެ ޓެކްސީ ހޯދައި، މުދާތައް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޓެކްސީ ގައި ގެންދިޔަ ސާމާނު ހޯދައި، ވެރިފަރާތާ ހަވާލުކުރިޔަސް އެ މައްސަލާގައި ޓެކްސީ ޑްރައިވަރާ މެދު ފިޔަވަޅެއް އެޅި ކަމެއް ފުލުހުން އަދި ނުބުނެ އެވެ.

"ރައްޔިތުންނަށް ކަމެއް ދިމާވާ ހިނދު ފުލުހުންގެ އެހީތެރިކަން އަބަދުވެސް ލިބޭނެ" ފުލުހުން ބުންޏެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ 3 އަހަރު ވެސް އެންމެ ގިނައިން ރިޕޯޓްކުރީ ވައްކަމުގެ މައްސަލަތަކެވެ. އަދި މިއަހަރުގެ މިހާތަނަށް ވެސް އެންމެ ގިނައިން ރިޕޯޓްކުރީ އެފަދަ މައްސަލަތައް ކަން ފާހަގަ ކުރެވެއެވެ .

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި