ގދ ތިނަދޫ ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތިނަދޫ ގެއެއްގެ ތެރޭގައި އުމުރުން 48 އަހަރުގެ ބިދޭސީ ފިރިހެނަކު ނިޔާވެފައި އޮތް ކަމުގެ ރިޕޯޓެއް މިއަދު 13:30 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މިރިޕޯޓާއި ގުޅިގެން އެ ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހުވަދު މީޑިއާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ އަކީ ތިނަދޫ އަސްދާން ދޯނިން މަހަށްދާ އުމުރުން 48 އަހަރުގެ މީހެކެވެ.. އަދި އެމީހާ މަރުވެފައި ވަނީ މިއަދު ހެނދުނު ނިދާފައި އޮއްވާ ސްޓްރޯކެއް ޖެހިގެންނެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިވަގުތު އޮތް ބިދޭސީ މީހާގެ މައުލޫމާތު ހޯދާލުމަށް އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ސާލިމް އަލީއަށް ތަކުރާރުކޮށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ ހޮސްޕިޓަލްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ