ހުޅުމަލޭ ދެވަނަ ފިޔަވެއްސާ ދިމާ ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވެފައިއޮތްވާ ފެނިފައިވަނީ ބިދޭސީއެކެވެ. މި މީހާ ފެނިފައިވަނީ އިއްޔެ ހަވީރު 6 ޖަހާކަން ހާއިރުއެވެ.
މިހާތަނަށް ބެލި ބެލުމުން އެއީ ކާކުކަން ފުލުހުންނަށް ދެނެގަނެވިފައި ނުވާއިރު, އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރު 9911099 އަށް ގުޅައި, ހިއްސާ ކުރުމަށް ފުލުހުން އެދިފައި ވެއެވެ.
އެމީހާގެ ހަށިގަނޑު ފެނުނުއިރު އޮތީ އަތްކުރު ގިރުވާނުލީ ކަޅު ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެއް ލައިގެން, ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ކަމަށް ފުލުހުން ބުންޏެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.