1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާލޭގެ ގެއެއްގައި ލިވާތު ކުރުން ފާޅުގައި އިސްތިހާރު ކުރާއިރު މުއައްސަސާތައް ހަނު!

gay promo
ފާތިމަތު ތައުފީޤް
1,038ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލެސިޓީގެ ތަނަވަސް ގެއެއްގައި ބައިނަލްއަޤްވާމީ އެލްޖީބީޓީ ޕްރައިޑް ޑޭ ފާހަގަކުރުމަށް ކަމަށްބުނެ ލިވާތު ކުރުން ނުވަތަ އެއްޖިންސުން ގުޅުން ހިންގުމުގެ ޙަރަކާތްތައް ބޭއްވުން އިޝްތިހާރު ކުރަންފަށައިފިއެވެ.

ޓެލެގްރާމް ގުރޫޕަކުން ވަނީ ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ފަތިހު ތަނަވަސް އެޕާޓްމަންޓެއްގައި ގޭ އޯޖީއެއް ނުވަތަ ލިވާތު ޕާޓީއެއް އިންތިޒާމުކޮށްފަ އެވެ.

ޓެލެގްރާމް ގުރޫޕްގައި ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ހަރަކާތުގައި ބައިވެރިވުމަށް 50 މީހުނަށް ޖާގަ ދީފައިވެއެވެ. އެ ތަނަކީ ވިސްނުންތެރި އަދި ބޮޑު އެޕާޓްމަންޓެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. ނަމަވެސް ރޭގަނޑުގެ ވަގުތު ފާއިތުވަމުން ދިޔަވަރަކަށް، ޑިމާންޑް ހީވެސް ނުކުރާ ވަރަށް އިތުރުވުމުގެ ސަބަބުން ރިޒަވޭޝަން ޕޭމަންޓް ރިކުއަމަންޓެއް ހިމެނުމަށް އިންތިޒާމްކުރާ ފަރާތުން ވަނީ ފަތިހު 4:30 ގައި ޕޯސްޓް އަޕްޑޭޓްކޮށްފައެވެ. މި ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.

300 × 250

ޖެހިގެން އައި ދުވަހުގެ މެންދުރު ފަހު 13:51 ގައި، އިންތިޒާމްކުރާ ފަރާތުން ބުނީ، 52 ފަރާތަކުން 1000 ރުފިޔާގެ މަގުން ބުކިން ފީ ދައްކާފައިވާ ކަމަށާއި، އޭގެ އިބްތިދާއީ ކެޕޭސިޓީ ފަހަނައަޅައި ގޮސް، އެންމެ ގިނަ އަދަދަކަށް އޯޖީ ފުރުވާލާފައިވާ ކަމަށެވެ.

މިކަމާގުޅިގެން މީސް މީޑިއާގައި އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް މުއައްސަސާތަކަށް މިކަން ނުހުއްޓުވޭތޯ ސުވާލު އުފައްދާފައެވެ.

މިކަމާގުޅޭގޮތުން އަދި މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ކަންބޮޑުވުން ފާޅުކޮށްފައި ނުވާއިރު، ކަމާއި ގުޅުންހުރި އެއްވެސް މުއައްސަސާއަކުން ރިއެކްޓެއް ނުކުރައްވައެވެ.

https://twitter.com/irukeytha2/status/1666674855142621184?s=20

މިފަހަކަށް އައިސް ދިވެހިންގެ މެދުގައި މިފަދަ ގުރޫޕުތައް ހަދައި، އެއްޖިންސުން ގުޅުން ހިންގުމުގެ ޢަމަލުތައް އިންތިހާއަށް އިތުރުވެފައިވާއިރު، ހަށިވިއްކާ ވިޔަފާރި ކުރާ ޗެނަލްތައްވެސް ޓެލެގްރާމްގައި ފުޅާދާއިރާއެއްގައި ހިންގަމުންދާކަން ފާހަގަކޮށްލެވެއެވެ.

އެއްޖިންސުން ގުޅުން ހިންގުމާއި، ޖިންސު ބަދަލުކޮށްގެން އުޅޭ މީހުން އިތުރުވުމާއި، މިފަދަ އެތައް ފާހިޝް ޢަމަލުތަކާއި މުންކަރާތްތައް ވަނީ އާންމުވެފައެވެ. އެއީ އެމީހުންގެ ޙައްޤުތަކެއްކަމަށްބުނެ ފާޅުކަންބޮޑު ގޮތެއްގައި އެކަމަށް ވަކާލާތު ކުރަމުންދިޔަ ނަމަވެސް މުއައްސަސާތަކުން މާބޮޑު ކަމަކަށް މިކަން ހަދާ މަންޒަރެއް ނުފެނެއެވެ.

300 × 250

ޚިޔާލު (3)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ހަސަނުގެ ދަރި ލަތީފް

    ކޮބާތަ ކަލޭމެން ޕާޓީގެ އިމްރާން ސަދޫމަށް މިރާއްޖެ ހަދަމުންދާއިރުވެސް ކުރެވޭ ކަމެއް ނެތް. ޒައިދު އިމްރާނަށް ވިސްނައިދީބަލަ މިކަހަލަ ކަންތައް މަނާކުރަން. ލަދު ގަންނަން ޖެހޭ އިސްލާމީ ގައުމެކޭ ބުނާއިރު ޑްރަގާ އެއްޖިންސުން ގުޅުން ހިންގުމާ ހަށި ވިއްކުމާ ޖުވާކުޅުމާ ﷲ ނަހީ ކުރެއްވި ހުރިހާ ކަމެއް ފާޅުގައި ކުރަމުންދަނީ. ޔާﷲ މިފަދަ ފާޙިޝް ޢަމަލްތައް ހިންގާ މީހުންގެ ފަރާތުން މިރާއްޖެ ސަލާމަތް ކުރައްވާނދޭވެ!

  • ތުއެތުބެ

    އަދި ކިއެއްތަ އެއީ ހަމަ އިންތިޚާބަށް ޚަރަދުކުރާނެ ފައިސާ ޔޫރަޕްގެ ގައުމުތަކުން ހޯދުމަށް ސަރުކާރު އަޑީގައި އޮވެގެން ހިންގާ ޖަރީމާ އެކެވެ.

  • ރިޝް

    އިމްރާން ޒައިދު ޤިޔާޒް ކޮބާތޯ ދީނުގައި އެއްޖިންސުން ގުޅުންހިންގުން ހުއްދަ ވީތޯ ބޮޑެތި މަޤާމް ތަކެއް ދިނީމަ މަޤާމާ ހެދި ހޭބަލި ވީ ދޯ. ކަލޭމެން ތީ މިޤައުމައް ޖެހިފައޮތް މުސީބާތެއް..

ގުޅުންހުރި