ރާއްޖޭގައި ފުޅާދާއިރާގައި ވިޔަފާރި ކުރަމުން އަންނަ ހެޕީމާކެޓުން ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް، އެ ކުންފުނިން އެތެރެކޮށް ކުކުޅާއި ފިނިކުރި ބައެއް އުފެއްދުންތަކުގެ އަގު ހެޔޮކޮށްފިއެވެ. މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން އެ ކުންފުނީގެ ފިހާރަތަކުން ވިއްކާ 'ސިއަރާ' ބްރޭންޑުގެ ބޯންލެސް ޗިކަން، ކުކުޅު ފައި އަދި 'ފްރެންގަސޯލް' ބްރޭންޑުގެ ސޮސެޖުގެ އަގު ވަނީ ހެޔޮކޮށްފައެވެ. ހެޕީމާކެޓުން ބުނީ, ސަޕްލަޔަރުންނާ ގުޅިގެން ބޮޑު އީދާ ދިމާކޮށް މިކަހަލަ ޕްރޮމޯޝަނެއް ހިންގުމުގެ މައިގަނޑު މަގުސަދަކީ އީދު ބަންދަކީ ހުރިހާ ރަށެއްގައިވެސް ތަފާތު ގިނަ ކެއުންތަކާއި ބާބަކިއުތައް ހެދުން އާންމު ދުވަސްވަރެއްކަމުން, ކުކުޅާއި ސޮސެޖު އަގުހެޔޮކޮށް ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުން ކަމަށެވެ. އެގޮތުން މާލެ, ހުޅުމާލެ, ވިލިމާލެ, އައްޑޫ ސިޓީ, ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދޫގައި ހުންނަ ހެޕީމާކެޓުގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

54D467D3-9E63-41A0-B57D-49C9617F645A

މި ފިހާރަތަކުގެ އިތުރުން ރަށުބޯޓަށް ޑެލިވަރީކުރުމަށް ހެޕީމާކެޓްގެ ހޮޓްލައިން ނަންބަރ 7372996 އަށް ގުޅުމުން ނުވަތަ އޯޑަރު ވައިބާ ކުރުމުން އޯޑަރު ނަގައިދީ ރަށު ބޯޓަށް ހިލޭ ޑެލިވަރީ ކޮށްދެވޭނެ ކަމަށްވެސް ހެޕީމާކެޓުން ވަނީ ބުނެފައެވެ. ހެޕީމާކެޓް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ 1992 ވަނަ އަހަރު ވުޖޫދުވެފައިވާ އަމިއްލަ ވިޔަފާރި ކުންފުންޏެކެވެ. ކުންފުނި އުފެއްދިފަހުން ފާއިތުވި އެއްތިރީހަކަށް އަހަރުތެރޭގައި ކުންފުނީގެ ވިޔަފާރިވަނީ ފުޅާކުރެވި ކަސްޓަމަރުންގެ މަގުބޫލުކަން ހޯދައިފައެވެ.

ހެޕީމާކެޓުގެ އައުޓްލެޓްތައް ރާއްޖޭގެ އެކި ހިސާބު ތަކުގައި ހުންނައިރު، އެކުންފުންޏަކީ ދުނިޔޭގެ ތޭރަ ގައުމަކުުން ރާއްޖެއަށް މުދާ އެތެރެކުރާ ބޮޑު ކުންފުންޏެކެވެ. އެ ގައުމުތަކުން ޖުމްލަ ބާވީސް ބްރޭންޑެއް ރާއްޖެއަށް އެތެރެކޮށް ހޯލް ސޭލްކޮށްނާއި ރީޓެއިލް ކޮށް އެކުންފުނީންދަނީ ވިއްކަމުންނެވެ.

Happy-market