1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

"ވަރލްޑް ޔޫތް ސްކިލްސް ޑޭ" ޤައުމީ ފެންވަރުގައި ފާހަގަކުރަނީ

youth-blog-01-1024x536
ހުވަދޫ ނިއުސް ޓީމް
323ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މި އަހަރުން ފެށިގެން ކޮންމެ އަހަރަކު "ވަރލްޑް ޔޫތް ސްކިލްސް ޑޭ" ޤައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާފުޅު އެރުވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 15 ވަނަ ދުވަސް "ވަރލްޑް ޔޫތް ސްކިލްސް ޑޭ" ގެ ގޮތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރަނީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްޤީކުރުމާއި އައު ހުނަރުތައް ދަސްކުރުމަށް ބާރުއަޅައި، ހުނަރުވެރި ޤާބިލު ޒުވާނުން ވަޒީފާއަށް ނުކުންނަ ނިސްބަތް އިތުރުކުރުމުގެ ގޮތުން އ.ދ.ގެ ޢާންމު މަޖިލީހުން 2014 ޑިސެންބަރު 18 ގައި ފާސްކޮށްފައިވާ ޤަރާރާ ގުޅިގެންނެވެ.

300 × 250

president vazeerun minister

މި ޤަރާރު ފާސްކޮށްފައިވަނީ ދުނިޔޭގެ ވަޒީފާގެ ބާޒާރުގައި ހުނަރުވެރި ޒުވާނުން ނިސްބަތުން މަދުވެ، ވަކިން ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ވަޒީފާ އަދާނުކުރުން އިންތިހާއަށް އިތުރުވުމާ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރެއްގައި މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުންނެވެ.

ޒުވާނުންގެ ހުނަރުތައް އިތުރަށް ތަރައްޤީކޮށް، އަދި އައު ހުނަރުތައް ދަސްކުރުމަށް ހިތްވަރުދީ އެ ކަންކަން ފާހަގަކުރުމުގެ ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ މައިދާނުގައާއި ވަޒީފާގެ މައިދާނުގައި ޒުވާނުނަށް ގޮތް ނިންމުމުގެ ފުރުޞަތުލިބި މިހާރު އޮތް ވަޒީފާގެ ބާޒާރު ބަދަލުކުރުމުގެ ބާރުވެރިކަން ޒުވާނުންނަށް ލިބިގެންދާނެކަން މި ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

ޤައުމީ ފެންވަރެއްގައި "ވޯލްޑް ޔޫތް ސްކިލްސް ޑޭ" ރާއްޖޭގައި ފާހަގަކުރަން ފެށުމުން ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޤައުމެއްގައި އަދި ވަކިން ޚާއްޞަކޮށް ތަފާތު ދާއިރާތަކަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ލިބުން ދަތި ޤައުމެއްގައި މިފަދަ ކަންކަމަށް ޒުވާނުން ޝައުޤުވެރިކުރުވައި މަސައްކަތުގެ މާހައުލަށް ބޭނުންވާ ޒުވާނުން ނެރުމަށް ބާރު އެޅިގެންދިއުންފަދަ ފައިދާތަކެއް ލިބިގެންދާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި