ގދ އަތޮޅު ތަޢުލީމީ މަރުކަޒު( އޭއީސީ)ގެ އިތުރު ދަރިވަރަކު ޤުރުއާން ހިތު ދަސްކޮށް ޙާފިޡްކަމުގެސަނަދު ޙާސިލް ކޮށްފިއެވެ. ގދ އޭއީސީގެ ގްރޭޑް 7 ގެ ދަރިވަރު މިބްސާމް ސަލްމާން /ގދ ތިނަދޫ ،ހެވަންލީޑް ވަނީ އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡްކަމުގެ ސަނަދު ޙާޞިލު ކޮށްފައި ކަނަށް އެ ސްކޫލުން ހާމަ ކުރެއެވެ. އަދި އެކަމަށްޓަކައި ސްކޫލުގެ މެނޭޖްމަންޓާއި، ޓީޗަރުންނާއި، ދަރިވަރުންގެ ނަމުގައި ވަނީ ތަހުނިޔާ ކިޔާފައެވެ. އަދި މިބްސާމް އާއި، މިބްސާމްގެ ބެލެނިވެރިން ކުރި ހިތްވަރަށް އައްސަރިބަހާއި ސާބަސް ރައްދު ކޮށްފައެވެ. ޙާފިޡް މިބްސާމް ސަލްމާން ގެ އިތުރުން ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ މުހައްމަދު އާހިލް ޒާހިރު ވެނީ ސްކޫލް ގްރޭޑް 8 ގައި ކިޔަވަމުން ޤުރުއާން ހިތުން ދަސްކޮށް ޙާފިޡް ކަމުގެ ސަނަދު ޙާސިލް ކޮށްފައެވެ.

މި ސްކޫލުގެ ގްރޭޑް 7 ގެ ދަރިވަރު މިބްސާމް ސަލްމާން / ހެވަންލީޑް، ގދ. ތިނަދޫ، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡްކަމުގެ... Posted by G.Dh. Atoll Education Centre on Thursday, June 15, 2023

އެ ދަރިވަރަށް ވަނީ ސަޢުދި އަރަބިއްޔާ ގެ މައްކާގައި މި އަހަރުގެ އޮގަސްޓް 25 ން ސެޕްޓެމްބަރު 6 އަށް އޮންނަ "43 ވަނަ ކިންގް އަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޯލީ ޤުރުއާން" މުބާރާތަށް ރާއްޖެ އަށް ލިބޭ 2 ފުރުސަތުގެ ތެރެއިން 1 ޖާގަ ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަމުގައި ލިބިފައެވެ. މީގެ އިތުރުން އެ ސްކޫލްގެ 3 ވަނަ ދަރިވަރަކުވެސް ދަނީ ޤުރުއާން ހިތުން ދަސްކުރުމަށްފަހު ޙާފިޡްކަމުގެ ސަނަދު ނެގުމަށް ތައްޔާރު ވަމުންނެވެ. ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒް މުހައްމަދު ވިދާޅުވީ އެ ސްކޫލް ގެ ދަރިވަރުން ޙާފިޡްކަމުގެ ސަނަދު ނެގުމަށް ކީރިތި ޤުރުއާން ހިތުން ދަސްކުރުމުގައި ހުރިހާ މަސައްކަތެއް ކުރަމުން ދަނީ އެކުދިންގެ ބެލެނިވެރިން ކަމަށެވެ.