ގދ ތިނަދޫ ގައި ފުޅާ ދާއިރާއެއްގައި ޓެކުސީ ގެ ޚިދުމަތް ދެމުން އަންނަ ޑީޑީ ޓެކުސީ އިން "ޑީޑީ ޑްރައިވިންގ ސްކޫލް" ގެ ނަމުގައި ޑްރައިވިންގ ސްކޫލްގެޚިދުމަތް ފެށުމަށް ތައްޔާރު ވެއްޖެއެވެ. ހުވަދު އަތޮޅުގައި މުޅިން އަލަށް ފަށާ ޑްރައިވިންގ ސްކޫލާ ބެހޭގޮތުން "ހުވަދޫ" މީޑިއާ އަށް މައުލޫމާތު ދެއްވަމުން ޑީޑީ ޑްރައިވިންގ ސްކޫލް ގެ ވެރިޔާ އަދި ގދ ތިނަދޫ ގައި އެންމެ ގިނަ ދުވަސް ވަންދެން އެއްގަމު ޓެކުސީ ގެ ޚިދުމަތް ދެމުން އަންނަ މުހައްމަދު ޙަސަން ދީދީ( ޑީޑީ) ވިދާޅުވީ ހުވަދޫ އަތޮޅު ފަދަ އެއްގަމު އުޅަނދު ގިނަ ސަރަހައްދެއްގައި ޑްރައިވިންގ ސްކޫލެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ޚާއްސަކޮށް ތިނަދޫގައި އެތަން ހުރުން ވަރަށް މުހިއްމު ކަމަށެވެ. ޑީޑީ ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ސްކޫލް މަސައްކަތް އެއްކޮށް ނިމި ރަސްމީކޮށް ހުޅުވައި ޚިދުމަތް ފެށޭވަރު ވާނެ ކަމަށާއި ނަމަވެސް ބައެއް ޚިދުމަތްތައް ކުރިން ފަށަން ވިސްނާ ކަމަށެވެ.

"ޑޑީ ޑްރައިވިންގ ސްކޫލުން ވެސް ލިބޭނީ މާލޭ ސިޓީގެ ޑްރައިވިންގ ސްކޫލުން ވެސް ލިބޭ ހުރިހާ ޚިދުމަތެއް. ސައިކަލް ،ކާރު ޕިކަޕް،ލޮރީ އަދި ވޭން ފަދަ އުޅަނދު ތަކުގެ ލައިސަންސް ނެގުމާ ހަމަޔަށް ތިޔައީ އާއި ދުއްވަން ދަސްކޮށް ދެވޭނެ" ޑީޑީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ހުވަދު އަތޮޅުގެ ރައްޔިތުންނަށް އަމާޒު ކޮށްގެން ތިނަދޫގައި ޑްރައިވިންގ ސްކޫލެއް ހުޅުވަން ނުޖެހޭ އެއްވެސް ސަބަބެއް މިހާރު ނެތް ކަމަށާއި ގދ އަތޮޅު ކައުންސިލުން ވެސް ވަނީ ލައިސަންސް ނެގުމަށް ޚާއްޞަ ތަނެއް ހަދާ މިކަމަށް މަގު ކޮށާފައި ކަމަށެވެ. ހުވަދު އަތޮޅަކީ އެއްގަމު އުޅަނދު ގިނަ އަތޮޅެކެވެ. އަދި ތިނަދޫ އަކީ ރާއްޖޭގެ އެކި ކަންކޮޅު ތަކުން މީހުން ޒިޔާރަތް ކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުން ގިނަ ރަށެކެވެ. ތިނަދޫ ގައި ޑްރައިވިންގ ސްކޫލެއް ހުޅުވި ޚިދުމަތް ފެށުމަކީ މުޅި އަތޮޅަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. ޑީޑީ ޓެކުސީ އަދި "ޑޑީ ޑްރައިވިންގ ސްކޫލާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށްގުޅާނީ 7901515 އަށެވެ.