ފުޅާ ދާއިރާއެއްގައި ހިޖާމާ ޖެހުމުގެ ޚިދުމަތް ދެމުންދާ، ހިޖާމާއަށް ޚާއްޞަ ކްލިނިކް "ހިޖާމާ ފަރުވާ" ގެ ފަރާތުން، ގދ ތިނަދޫގައި ޚާއްޞަ ސެޝަންތަކެއް ފެށިގެން ކުރިޔަށް އެބަ ދެއެވެ. ގދ. އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މި ސެޝަންތަކުގައި ގިނަ ބަލި ތަކަކަށް ފަރުވާދެވިގެންދާނެ ކަމަށް "ހިޖާމާ ފަރުވާ"ގެ ފަރާތުން މަޢުލޫމާތު ދެއެވެ.
"ހިޖާމާ ފަރުވާ" ގެ ފަރާތުން ހިޖާމާ ޖަހައިދެވޭ ބަލިތަކުގެތެރޭގައި، އާރތްރައިޓިސް، ދަރިން ނުލިބުމުގެ މައްސަލަތައް، ސިހުރު އެސްފީނާއާއި ޖިންނީންގެ އުނދަގޫ، ޑިޕްރެޝަން އާއި ނަފްސާނީ ބަލިތައް، ޕީރިއަޑްވުމުގެ މައްސަލަތައް، ބޮލުގައި ރިހުމާއި މައިގްރެއިން، އަދި ހޯމޯން މައްސަލަ ތަކާއި ހަމުގެ ބަލިތަކުގެ އިތުންވެސްް އިތުރު ގިނަ ބަލިތަކަށް ދެވޭ ފަރުވާ ހިމެނެއެވެ.
ހިޖާމާ ސެޝަންތައް ކުރިޔަަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫން 15 އިން 18އަށް ކަމުގައި "ހިޖާމާ ފަރުވާގެ ފަރާތުން މަޢުލޫމާތު ދެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.