1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

ޖޫރިމަނާ ދެއްކޭނެކަން ޔަގީންކޮށް ނުދެވުމުން ދާން ޖެހުނީ ޖަލަށް

785e4f9d-60d8-42b8-8a40-9619ad59bcaf
އައިޝަތު ސަދާ ސަޢީދު
515ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭގައި ހުންނަ ޗައިނާގެ އެމްބަސީގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މީހާއަށް ޖޫރިމަނާ ދެއްކޭނެ ގާބިލްކަން ހުރިކަން ޔަގީންކޮށްދިނުމަށް ހުށަހަޅަންޖެހޭ ލިޔުން، ހުށަނޭލުމުން ޖަލަށް ދާން ޖެހިއްޖެއެވެ.

މިލިޔުން ޗައިނާ އެމްބަސީގެ ފާރުގައި ލިޔެފައިވަނީ މުހައްމަދު އަނީލް ކިޔާ ށ. ފޭދޫ މީހެކެވެ. މި މައްސަލައާއި ގުޅިގެން މުދަލަށް ގެއްލުންދިން ކަމުގެ ދައުވާގެ ޝަރީއަތް ފެށުމުގެ ކުރިން އަނީލްވަނީ އިބްތިދާއީ އަޑުއެހުމުގައި އެކަމަށް އިއުތިރާފްވެފައެވެ.

އަނީލް ބުނި ގޮތުގައި އޭނާ އަކީ މަސްވެރިކަން ކޮށްގެން އާމްދަނީ ހޯދަމުން އަންނަ މީހެކެވެ. ވަކީލަކު ބޭނުން ނުވާ ކަމަށް ބުނެ މައްސަލަ ކުރިއަށް ގެންދިޔަ އަނީލްގެ މައްޗަށް ސާބިތުވި ކުށުގެ އަސާސީ އަދަބަކީ 1 މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް ޝަރީއަތް ފެށުމުގެ ކުރިން ކުށަށް އިއުތިރާފްވެއްޖެ ނަމަ ކުށުގެ އެއް ދަރަޖަ ދަށްވާތީ އައީ 27 ދުވަހުގެ ހުކުމެކެވެ. އޭނާ އެކަން ކޮށްފައިވަނީ އެހެން މީހަކު ބުނެގެންކަމަށް ކޯޓް އަޑުއެހުމުގައި އޭނާ ބުނެފައިވެއެވެ.

300 × 250

އަނީލްވަނީ އަދަބު ޖޫރިމަނާގެ ހުކުމަކަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. އަދި ޖޫރިމަނ ާދެއްކޭނެ ކަމުގެ ގާބިލްކަން ހުރިކަމަށްވެސް އޭނާވަނީ ބުނެފައެވެ.

ނަމަވެސް ގާނޫނުގައި އޮންނަ ގޮތުން ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދެވޭނީ ޖޫރިމަނާ ދެއްކޭނެކަން ކަށަވަރުކޮށްދިނުމަށް އާމްދަނީއާ ގުޅުން ހުރި ލިޔުންތައް ހުށަހަޅައިގެންނެވެ. އެކަން ޝަރީއަތުން ސާފުކޮށްދިން ނަމަވެސް ލިޔުންތައް ހުށަނޭޅުމުން ޖޫރިމަނާގެ އަދަބެއް ކަނޑަނޭޅުނީ ކަމަށް ހުކުމުގައި ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވި އެވެ.

ނަމަވެސް އަނީލް 14 ދުވަހާއި 19 ގަޑިއިރު ބަންދުގައި ހުރެފައި ވާތީ ޝަރީއަތުން ނިންމީ މިހާތަނަށް 15 ދުވަހުގެ ހުކުމް ތަންފީޒު ވެފައިވާ ކަމަށެވެ. އެހެންވެ ބާކީ އޮތީ 12 ދުވަހެވެ. ކުށް ސާބިތުވި މިހާއަށް ހުކުމްކުރީ ބުރާސްފަތި ދުވަހު ކަމަށްވާތީ މި މަހު 26 ގައި މިނިވަންވާނެ އެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި