ހުޅުމާލޭގައި ދެ ކާރެއްޖެހި ހިނގި އެކްސިޑެންޓްއެއްގައި މީހަކު ނިޔާވެ އިތުރު ދެމީހަކަށް އަނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ ޕްލެޓިނަމް ފްލެތްތައް ކައިރީ، ދެކާރު ޖެހިގެން ކަމަށް ފުލުހުން މީޑިއަތަކަށް ފޮނުވި މެސެޖްގައި ބުނެފައިވެއެވެ.
މި އެކްސިޑެންޓްގައި މަރުވެފައިވަނީ ޓެކްސީ ދުއްވަން އިން 65 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެކްސިޑެންޓް ހިނގި ވަގުތު އެ ކާރުގައި އިނީ ޑްރައިވަރު އެކަންޏެވެ.
މަންޒަރު ދުށް ފަރާތްތައް ބުނެފައިވާގިތުގައި މަރުވި ޓެކްސީ ޑްރައިވަރު، އޮތީ ޑިވައިޑަރުގައި ކާރު ޖެހުނު ގޮތަށް ހޭނެތިގެން ކާރުތެރެއަށް ވެއްޓިފައެވެ.
މަރުވި ޑްރައިވަރު އިން ކާރު ކޮންޓްރޯލުން ނެއްޓުނީ، ހުޅުމާލޭގެ ފޭސް އެކަކުން ފޭސް ދެއަަކަށް ދާން އޮންނަ ބްރިޖްތަކުގެ ތެރެއިން މެދު ބްރިޖްގެ ކައިރީގައި، ފޭސް އެކަކަށް ދަތުރުކުރާ ފަޅިން، ވަން ވޭ އިން އިދިކޮޅަށް އެއް ކާރު އައުމުންމުން ކަމަށާއި އެ ކާރު އެ ސަރަހައްދަށް ވަނީ ކޮންޓްރޯލް ނެއްޓިގެން ކަމަށް މަންޒަރު ދުށް ފަރާތެއް ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދީފައިވެއެވެ.
ފަހަކަށް އައިސް ހުޅުމާލޭ ފޭސް ދޭއްގައި މިފަދަ އެކްސިޑެންޓްތައް ހިނގާލެއް ވަނީ ގިނަވެފައެވެ. އަދި ފުލުހުން އަންނަނީ މިފަދަ އެކްސިޑެންޓްތައް މަދުކުރުމަށް ބޮޑެތި އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.