1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މަޢުލޫމާތު

ނަފްސާނީ ގޮތުން ލިބެން ނެތް ބައިވެރިންނާއި ރަހުމަތްތެރިން ހޮވުން ހުއްޓާލާނީ ކިހިނެއް ؟

couple-bored-technology-ignoring-jealousy-worry-cheating-text-peek-thinking-suspicion
އައިޝަތު ސަދާ ސަޢީދު
639ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގުޅުންތަކުގައި ގިނަ ފަހަރަށް ދިރިއުޅުމަށް ގެނެވެނީ، ނަފްސާނީ ގޮތުން ކަމެއް ޖެހިއްޖެ ހާލަތެއްގައި އެކަމަށް ސަޕޯޓް ނުދެވޭ މީހުންނެވެ. މިއީ ކުޑައިރުއްސުރެ އަޅުގަނޑުމެންނަށް ދިމާވާ ބިހޭވިއާލް ޕެޓާންތަކުގެ ސަބަބުން ދިމާވެދާނެ ކަމެކެވެ. ބައެއްފަހަރު ގޭތެރޭގެ މާހައުލިގެ ސަބަބުންވެސް މިފަދަ ހާލަތްތައް ދިމާވެއެވެ. ނޫނީ މައިންބަފައިންގެ ފަރާތުން އަޅާލުމާއި ލޯބި އޭގެ އެންމެ ފުރިހަމައަށް ލިބި، އެހެންނަނަމަވެސް ހަމަ މިފަދަ ހާލަތްތަކަށް ދެވެއެވެ. ގިނަ ފަހަރަަށް އެފަދައިން މީހަކަށް އިތުބާރު ކުރެވީ އެއީ ވަރަށް ރަނގަޅު މީހެއް ކަމަށް ހީކުރެވި، ނުވަތަ އެމީހަކަށް އަހަރެމެންގެ ހަޔާތުގެ ހުރިހާ ކަމެއް އިނގޭ ކަމަށް ނުވަތަ ދަސް ކަމަށް ހިތައެވެ. ނަމަވެސް ނަފްސާނީ ގޮތުން ލިބެން ނެތް މީހުންނާ އެކު އުޅުމަކީ، ގުޅުމެއްގައި ވިޔަސް، ރަހުމަތްތެރިކަމެއްގައި ވިޔަސް، ވަރަށް ބޮޑަށް މީހާ ގޮތް ހުސްވެ ޑިޕްރެޝަންއަަށް ހުށަހެޅިގެންދާ ކަންތައްތަކެކެވެ.

މިކަމާ މުހާތަބުކޮށް ތެރަޕިސްޓް ސަދަފް ސިއްދީގީ ލިޔުއްވާފައިވާ ގޮތުގައި ދެފުށް ފެންނަ ގޮތަށް ބުނަންޏާ އެއީ އަވަސް (ނުވަތަ ފަސޭހަ!) ކަމެއް ނޫނެވެ. ޕްރޮސެސް، އެކަމަކު ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ މީހުން އިޚްތިޔާރު ކުރާތަން ފެނުމުން އަބަދުވެސް އޭގެ އަގު ބޮޑެވެ.

އެހެން ކަމުން ޒަމާނާއެކު ނަފްސާނީ ގޮތުން ލިބެން ނެތް މީހުން ޚިޔާރުކުރުން ހުއްޓާލަން ދަސްކުރަން ޖެހެއެވެ. މިތާނގައި އަޅުގަނޑުމެންނަށް އެޅޭނެ ބައެއް ފިޔަވަޅުތަކަށް ބަލާލާނަމެވެ.

300 × 250

ނަފްސާނީ ޒަހަމްތައް ދެނެގަތުން: ނަފްސާނީ ގޮތުން ނުލިބޭ މީހުންނަށް އަޅުގަނޑުމެން ދާނީ އެޑްރެސް ކުރަން އެފަދަ ނަފްސާނީ ޒަހަމްތަކެއް ހުރުމުންނެވެ. ފުރަތަމަ ފިޔަވަޅަކީ އެ ޒަޚަމްތައް ދެނެގަނެ، އެކަން ޤަބޫލުކޮށް، އަޅުގަނޑުމެންނާ މެދު އަމިއްލަނަފްސު ބެލުމެވެ.
ނަފްސާނީ ގޮތުން ލިބެން ނެތް އަމަލުތައް ދެނެގަތުން: އެހެން މީހުންގެ ނަފްސާނީ ގޮތުން ލިބެން ނެތް އަހުލާގުތައް ދެނެގަންނަން ޖެހެ އެވެ. އަޅުގަނޑުމެންނަށް ލިސްޓު ކުރެވިއްޖެނަމަ، އެކަންކަން ޙައްލުކުރާނެ ގޮތް އަޅުގަނޑުމެންނަށް އެނގޭނެއެވެ.

ސާފު ނިޔަތެއް ކަނޑައެޅުން: މިއީ އަމިއްލަ ނަފްސު އެއްކޮށް، އަމިއްލަ ނަފްސަށް ވަކި މިންގަނޑެއް ކަނޑައަޅަން ޖެހޭ ފިޔަވަޅެކެވެ. އެހެން މީހުންގެ ކިބައިން ޤަބޫލުކުރަން ބޭނުންނުވާ ޢަމަލުތައް ދެނެގަނެ، އަމިއްލަ ނަފްސަށް ތަބާވާން ޖެހޭ ސާފު ނިޔަތެއް ކަނޑައަޅަންޖެހެއެވެ.

އަމިއްލަ ނަފްސުގެ އިހުސާސް: ބައެއް ފަހަރު ނަފްސާނީ ގޮތުން ލިބެން ނެތް އަހުލާގުތަކަށް ކެތްކުރަނީ ހަމައެކަނި އަމިއްލަ ނަފްސަށް އޮންނަ އިހުތިރާމް ވަރަށް ކުޑަކަމުންނާއި ތިމާއަކީ އެހާ ރަނގަޅު މީހެއް ނޫން ކަމަށް ހީވާތީއެވެ. ނުވަތަ ގަބޫލުކުރެވޭތިއެވެ. ރަނގަޅު ދިރިއުޅުމެއް އުޅެން އަމިއްލަ ނަފްސުގެ އިހުސާސް ވަރުގަދަކުރަން ޖެހެ އެވެ.

ޕްރޮފެޝަނަލް އެހީތެރިކަން ހޯދުން: މި ވައްޓަފާޅިއިން ނުނިކުމެވޭ ހިނދު، ނަފްސާނީ ގޮތުން ނުލިބޭ ބައިވެރިންނާއި ރައްޓެހިން އަމިއްލަ އަށް ހޮވުން ހުއްޓާލުމަށް އަބަދުވެސް މިކަމުގައި ޕްރޮފެޝަނަލް އެހީތެރިކަން ހޯދޭނެ އެވެ.

އާދަތައް ބަދަލުކުރަން ގިނަ މަސައްކަތްތަކެއް އަދި ގިނަ ވަގުތު ތަކެއް ހޭދަވެގެންދެއެވެ. ނަމަވެސް ނަފްސާނީ ގޮތުން ލިބެން ނެތް މީހަކު ދެކެ ލޯބިވުމާއި، އެފަދަ އެކުވެރިން ގެންގުޅުމުގެ ވޭނަކީ ތިމާއަށް އަސްލު، ދުޅަހެޔޮ އަދި ހަގީގީ ލޯތްބަކުން އަމިއްލަ ނަފްސަށް ހުރަސް އެޅުމުގައި މުޅި އުމުރު ހޭދަކުރުމުގެ ވޭނަށްވުރެ ވެސް ނުބައި ވޭންކަން އިހުސާސް ކުރަން ޖެހެ އެވެ.

އަމިއްލަ ނަފްސު ބަދަލުކުރުމުން ދުނިޔެ ބަދަލުކުރެވިގެންދެއެވެ. ދުނިޔޭގެ ޝިފާ ފެށެނީ އަމިއްލަ ނަފްސަށް ޝިފާ ދިނުމުންނެވެ. ނަފްސާނީ ގޮތުން ލިބެން ނެތް މީހުން ދެކެ ލޯބިވުމުގެ ލަދުވެތިކަން ނިމުމަކަށް ގެނެސް އަމިއްލަ ނަފްސަށް ނަފްސާނީ ގޮތުން ލިބެން ހުރި ރީތިކަން އިހުސާސްވެ، އެ އިހުސާސްތަކާ އެއްގޮތަށް އަމަލުކުރުމުންނެވެ.

އެހެންކަމުން ތިމާއަކީ އެފަދަ ކަންކަމާއި ދުރުހެލިވެ ދިރިއުޅުން ހަމަޖެހުމާއި ހިތްހަމަޖެހުމާއި އެކު ކުރިއަށް ގެންދާ މީހެއްކަމުގައި ވާންޖެހެއެވެ. ހަމަ އެގޮތަށް އެއި އަހަރެމެންގެ ތެރެއިން ވަކި ބަޔަކަށް ލިބިފައިވާ ހައްގެއް ނޫނެވެ. ތިމާގެ ނަފްސާނީ ދުޅަހެޔޮކަށް ހިފަހެއްޓުމަށް މަސައްކަތް ކުރާނީ ތިމާ އަމިއްލައަށެވެ. ކޮންމެ މީހަކަީވެސް އެމީހެއްގެ ސިކުނޑި ވަކި ކަމެއް ކުރުމަށް ޝައުގު އުފައްދައިފި ނަމަ އެކަން ކުރެވޭނެ މީހެކެވެ. ބޭނުމީ ކުޑަ ހިތްވަރެކެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި