ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން މިއަދު ވަކިވެފައި ވާއިރު އެޕާޓީގެ، ރައްޔިތުން މަޖިލީހުގެ ހިތަދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އެޕާޓީން ވަކިވިކަމުގެ ސިޓީ ފޮނުވައިފިއެވެ. އެމްޑީޕީގެ ޗެއާޕާރސަން ފައްޔާޒް އިސްމާއިލާއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީ ރަޝީދުވަނީ ޓުވިޓާ މެދުވެރިކޮށް ހާމަކޮށްފައެވެ. އެމްޑީޕީގެ 12 މެންބަރުން އެ ޕާޓީން ވަކިވެ "ދަ ޑިމޮކްރެޓްސްގެ" ނަމުގައި އާ ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މިއަދު އެ ޕާޓި ހެދުމަށް ބޭނުންވާ ފޯމުތައް ޕްރޮސެސްކޮށް ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. މިއަދުގެ ވަގުތެއްގައި މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު އެ ޕާޓީއިން ވަކިވެވަޑައިގެންނެވުމަށްފަހު
ޕާޓީއަށް ފޮނުއްވި ސިޓީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި އާންމު ކުރައްވައިފަ އެވެ. ސިޓީގައި ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކިވާން ނިންމީ ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލައި, އެމަނިކުފާނު އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނާތީ ކަމަށެވެ.
ބެލެވޭ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ދެން ގުޅިވަޑައިގަންނަވާނީ އެ މަނިކުފާނަށް ތާއިދުކުރައްވާ ފަރާތްތައް އުފައްދަން މަސައްކަތްކުރާ ދަ ޑިމޮކްރެޓްސް ޕާޓިއާއި އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.