ކުރިއަށް އޮތް ބަންދުތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުންގޯސްވެ، ވިއްސާރަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްވަރު ކަމަށްވާ ޖޫން/ޖުލައި ވިއްސާރަ ރާއްޖެއަށް ވާ ހިސާބެވެ. މެޓް އޮފީހުން ބުނި ގޮތުގައި، މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެންވެ އެވެ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. މީގެ އިތުރުން އީދު ބަންދުގެ ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބުތަކަށްހެން ގަދަ ވަޔާއެކު ވިއްސާރަ ކުރާނެކަމަސް ބެލެވޭ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެހެން ނަމަވެސް މި މަހުގެ 30ގެ ފަހުން މޫސުން ރަނގަޅުވެގެން ދާނެކަމަަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ. މީގެ އިތުރުން ވިއްސާރަ އާއި އެކު ރާއްޖޭގައި އަރިދަފުސް ރޯގާއާއި ޑެންގީހުން ފެތުރޭތީ އެކަމަށް ސަމާލުވުމަށް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.