1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަނެއްކާވެސް ތިނަދޫ މާފުށި ކުޅީގެ ތަފާތު ރީތި މަންޒަރެއް

230460540_4092749004127187_1415697348860851576_n
ތިނަދޫ ކުޅީގައި ކުރީގައި ތިނަދޫ އޮންނަ ގޮތް ދައްކުވައިދޭ މަންޒަރެއް އަޅާފައި-- ފޮޓޯ/ ފޭސްބުކް
ހުވަދޫ ނިއުސް ޓީމް
973ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ


ގދ ތިނަދޫ މާފުށީގައި ގުދުރަތީ ގޮތުން ހެދިފައި އޮންނަ ކުޅީގެ ތަފާތު ފޮޓޯތަކެއް އަނެއްކާވެސް ދައްކާލައިފިއެވެ.

ތިނަދޫގެ ޒުވާނުންތަކެއް އިސްނަގައިގެން މާފުށީ ސަރަހައްދުގައި އޮންނަ ކުޅި ހިމާޔަތް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެޒުވާނުން އިސްނަގައިގެން ކުރެވުނު މަސައްކަތުން ކުޅީގެ ބޮޑުބައި މިހާރުވަނީ ސާފުކޮށްފައެވެ. އެގޮތުން ސާފުކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ތަފާތު ގޮތަކަށް ކުޅި ތެރޭގައި ތިނަދޫ އެޅުމަށްފަހު އެމަންޒަރު މީގެ ކުރިންވެސްވަނީ ދައްކާލާފައެވެ.

300 × 250

ނަމަވެސް މިފަހަރު މިދައްކާލީ ތަފާތު ހިތްގައިމު މަންޒަރެކެވެ. އެއީ ތިނަދޫ އެންމެ ކުރިން އޮންނަ ގޮތުގެ ޗާޓެއް ކުޅީ ތެރޭ އެޅުމަށްފަހުއެވެ. ތިނަދޫގެ ހުނަރުވެރި ޒުވާނުންތަކެއް އަނެއްކާވެސް ތިނަދޫ ކުޅި އަކީ ހިމާޔަތްކޮށް ބަލަހައްޓަން ޖެހޭ ތަނެއްކަން ދައްކުވައިދެމުން މިގެންދަނީ ތަފާތު މޮޅު ގޮތަކަށެވެ.

229724577_5854669137938185_2618563349496839302_n

ތިނަދޫގެ ޒުވާނުންތަކެއް އިސްނަގައިގެން ކޮންމެ ދުވަހަކުވެސް ކުރިއަށްގެންދާ މިޕްރޮގްރާމްގައި ތިނަދޫގެ އެތަކެއް ޒުވާނުންގެ އެއްބާރުލުން ލިބެމުންދާއިރު، އެންމެންގެވެސް އުންމީދަކީ މިކުޅިއަކީ ހިމާޔަތްކޮށްފައިވާ ސާފުތަނެއްކަމުގައި ހެދުމެވެ. އަދި އާއިލާއާއެކު ގޮސް ވަގުތު ހޭދަކޮށްލާނެ ހިތްފަސޭހަ މައިދާނަކަށް ހެދުމެވެ.

ނަމަވެސް ހިތާމައަކީ މިހާރުވެސް ތިނަދޫ ކުނިކޮށި ހުންނަނީ މިކުޅިއާ އިންވެގެން ހުޅަގަށް ކަމަށް ވުމުން ދާއިމީ ގޮތެއްގައި މިކުޅި ހިމާޔަތް ކުރުމުގެ މަސައްކަތަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމީ ޝައްކެއްވެސް ނެތްކަމެކެވެ. ކުޅީގެ ރީތިކަން ދަމަހައްޓަން ބޭނުންނަމަ މިކަމަށް އަވަސް ހައްލެއް ހޯދުމަކީ ތިނަދޫގެ ތިބި ސަރުކާރުގެ މުވައްސަސާތަކުން ވިސްނައި ފިޔަވަޅު އަޅަންޖެހޭ ކަމެކެވެ.




300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި