1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެތައް އަހަރަކަށްފަހު ބޭއްވި ލަވަމުބާރާތުން އަނެއްކާވެސް ތިނަދޫ ވިދާލައިފި

a2ba30b8-00c2-4083-ba3e-57364bcbe3b9
އައިޝަތު ސަދާ ސަޢީދު
2,673ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

7 އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި ސްކޫލުތަކުގެ ލަވަ މުބާރާތުން ގދ. ތިނަދޫއަށް ހާއްސަ ވަނަތަކެއް ލިބއްޖެއެވެ.

އިންޓަރ ސްކޫލު ލަވަ މުބާރާތް 2023ގެ ނަތިޖާ ފާޅުކުރުމުގެ ޙަފްލާ ކުލަގަދަކޮށް ބާއްވާފައިވަނީ އޮލިމްޕަހުގައެވެ. އަހަރުތަކެއްފަހުން ބޭއްވި މި މުބާރާތުން އެންމެ މޮޅު ސްކޫލުގެ ކެޓަގަރީން ތިނަދޫ ސްކޫލްވަނީ ދެވަނަ ހޯދާފައެވެ.

އަދި ފައުންޑޭޝަން ސްޓޭޖުން ތިނަދޫ އަބޫބަކުރު ސްކޫލުގެ ދަރިވަރު، އީތަން އަޙްމަދު ޢާމިލުއަށް ވަނީ 2 ވަނަ ލިބިފައެވެ. އަދި ހަމަ މި ސްކޫލުގެ ދަރިވަރު ޒީކް އިބްރާހިމް ލުތުފީއަށް 13 އަހަރުން ދަށުގެ އުމުރުފުރައިން ވަނީ ފަޙުރުވެރި އެއްވަނަ ހޯދާފައެވެ.

300 × 250

، ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ މިމުބާރާތުގައި ރާއްޖޭގެ 32 ސްކޫލަކުން 266 ބައިވެރިންވަނީ ލަވަ ހުށައަޅައިދީފަ

މީގެ ކުރިން ބޭއްވި ސްކޫލުކުދިންގެ ލަވަ މުބާރާތުން ޖެހިޖެހިގެން ތިން ފަހަރު ގދ.ތިނަދޫ މުޢާވިޔަތު އަންވަރު އަދި މުހައްމަދު ޒަލީފް އަބްދުﷲ ވަނީ ތަށި މިލްކުކޮށްފައެވެ.

މި މުބާރާތުގައި ފަނޑިޔާރުން ވަނީ 3 ދާއިރާއަކުން ދަރިވަރުންގެ ހުށައެޅުންތައް އިންސާފުކޮށްދެއްވާފައެވެ. އެއީ ކިޔުންތެރިކަމާއި، މިއުޒިކީ އުފެއްދުންތެރިކަމާއި، ޅެންވެރިކަމުގެ ބައެވެ.

މި ފަޙުރުވެރި ވަނަތަކާއި އެކު މި ފަހަރުގެ ލަވަ މުބާރާތް ވެފައިވަނީ ތިނަދޫއަށް ގިނަ ގޮތްގޮތުން ޙާއްސަ މުބާރާތަކަށެވެ. އަދި މީ އެތައް އަހަރަކަށްފަހު ސްކޫލުތަކުގައި ބޭއްވި އެންމެ ވާދަވެރި އެއް މުބާރާތެވެ. މި ފަހަރުގެ ލަވަ މުބާރާތުގައި ރާއްޖޭގެ 32 ސުކޫލަކުން 266 ބައިވެރިންވަނީ ލަވަ ހުށަހަޅާފައެވެ. އަދި މިފަހަރުގެ މުބާރަތަކީ އެންމެ ގިނަ އަމިއްލަ ރާގު ހުށަހަޅައިދިން މުބާރާތެވެ. އެ ގޮތުން 69 އަމިއްލަ ރާގުގެ ލަވަ މި މުބާރާތުގައި ވަނީ ހުށަހަޅާފައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި