1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގއ.އަތޮޅުކައުންސިލްގެ ރައީސް އާއި ރަށުކައުންސިލްތަކުގެ ރައީސުންނާއިއެކު އެމްޕީން މިވަގުތު ބައްދަލުވުމެއްގައި

4
ފޮޓޯ: ގއ. އަތޮޅު ކައުންސިލް
ހުވަދޫ ނިއުސް ޓީމް
615ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގއ.އަތޮޅުކުންސިލްގެ ރައީސް އާއި ގއ. ހުރިހާ ރަށެއްގެ ރަށުކައުންސިލްތަކުގެ ރައީސުންނާއި އެކު މިވަގުތު އަތޮޅުގައި ތިއްބެވި ދާއިރާތަކުގެ އެމްޕީންނާއެކު ބާއްވާ ބައްދަލުވުމެއް ކުރިޔަށް އެބަދެއެވެ.

ga. Atoll council1ފޮޓޯ: ގއ. އަތޮޅު ކައުންސިލް

މިބައްދަލުވުމުގައި ގއ. ވިލިގިލި ދާއިރާގެ އިއްޒަތްތެރި މެމްބަރ، ސައުދު ހުސައިން އަދި ދާންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ ޔައުޤޫބު އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވައެވެ. ގއ. އަތޮޅު ކައުންސިލްގައި މިބައްދަލުވުން ކުރިޔަށްދާއިރު، އަތޮޅުގައި ކުރިޔަށްދާ ތަރައްޤީގެ މަޝްރޫޢުތަކާއި، ކައުންސިލްތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަތައް މިބައްދަލުވުމުގައި ދެއްކުމަށް އެޖެންޑާ ކުރެވިފައި ވެއެވެ.

300 × 250

ga. Atoll councilފޮޓޯ: ގއ. އަތޮޅު ކައުންސިލް

ދާންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ ޔައުޤޫބު އަބްދުﷲ ވަނީ މިބައްދަލުވުމުގެ ކުރިން ދާންދޫ ކައުންސިލާއި ބައްދަލުކޮށް، ރަށުގެ ބިން ހިއްކުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށް ޕްލޭންކުރެވިފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުން ކައުންސިލާއި ޚިޔާލު ބަދަލުކުރެވިފައި ވެއެވެ.

އަދި ހަމަ މީބަދައިން ވިލިގިލި ދާއިރާގެ އިއްޒަތްތެރި މެމްބަރ ސައުދު ހުސައިން ވަނީ ކުރިން ވިލިގިލީ ކައުންސިލާއި ބައްދަލުކޮށް، ރަށުގެ ތަރައްޤީއަށް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ މަޝްރޫޢުތަކާއި ގުޅިގެން ޚިޔާލު ބަދަލުކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސް އިއްޒަތްތެރި މެމްބަރުން ރައްޔިތުންގެ ހާލަތު ބައްލަވައި، ރައްޔިތުންނަށް ކައުންސިލްތަކުން ދެމުންގެންދާ ޚިދުމަތްތަކުގައި ހުރި ގޮންޖެހުންތައް ބަލައި، ސަރުކާރުގެތެރެއިން ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި