ނ. މާފަރުން ގޮތް ނޭގޭ ޖަނަވާރެއް ފެނިގެން، ސިފައިން ހަރަކާތްތެރިވާން ފަށައިފިއެެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ނ. މާފަރު އެއާޕޯޓް ސަރަހައްދުގައި ގޮތް ނޭގޭ ޖަނަވާރެއް ހަރަކާތްތެރިވަމުންދާ ތަން ފެނިގެންދެއެވެ.
https://twitter.com/Jerrikow/status/1673328825353076739?s=20
ރާއްޖޭގެ މީޑިއާ އަކަށް އެ ރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އެފަދަ މަންޒަރެއް އެއާޕޯޓްގެ މުވައްޒަފަކަށް ފެނިގެން ވީޑިއޯ ކޮށްފައިވާ ކަމަށާއި، އަދި އެކަމަކު އެއީ ސީދާ ކޮން ކަހަލަ ޖަނަވާރެއް ކަމެއް ނޭނގޭ ކަަމަށް އޭނާ ވިދާޅުވެފައިވެއެވެ.
"އެއީ ދިރޭ އެއްޗެއް ކަމެއް، ވައިގައި އެނބުރޭ އެއްޗެއް ކަމެއް ވެސް އަދި ނޭނގެ، އެނގޭހާވެސް އެއްޗަހަކީ ބުޅަކަށްވުރެ ބޮޑު އެއްޗެއްކަން". އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެފަދަ ރިޕޯޓެއް ލިބިގެން ނޮދަން އޭރިއާގެ ސިފައިންނާއި، އެއާޕޯޓް މުވައްޒަފުން އެކަންް ބަލަމުންދާ ކަމަށް އެފަރާތުން މައުލޫމާތު ދީފައިވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.