1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތަކުބީރުގެ އަޑާއިއެކު މާލެސިޓީ ކައުންސިލްގެ ސްމާޓް މަގުބައްތި ބޭނުންކުރަންފަށައިފި

Male City Council
ހުވަދޫ ނިއުސް ޓީމް
285ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޗައިނާގެ އެހީގައި މާލެސިޓީ ކައުންސިލުން މާލޭ ބޮޑު ތަކުކުރުފާނު މަގުގައި ހަރުކުރި ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕީކަރުތަކުން އަޑުހަރުކޮށް ތަކުބީރު އިއްވަން ފަށައިފި އެވެ.

ޙައްޖު ދުވަހުން ފެށިގެން ޢީދު ނިމެންދެން ތަކުބީރުގެ އަޑު އިއްވުމަށް ހަމަޖެހިފައިވާއިރު މިއީ ސްމާޓް މަގުބައްތިތަކުގެ ސްޕީކަރު ސިސްޓަމް މެދުވެރިކޮށް އަޑު ފޮނުވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

https://twitter.com/MaleCitymv/status/1673654054822584322?s=20

300 × 250

ތަކުބީރު އިއްވުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:

27 ޖޫން :ހަވީރު 16:15 އިން ފެށިގެން 18:00 އަށް އަދި ރޭގަނޑު 20:15 އިން 22:00 އަށް.

28 ޖޫން އަޟްޙާ ޢީދު ދުވަސް: ހެނދުނު 6:00 އިން ފެށިގެން 7:25 އަށް އަދި ހެނދުނު 8:15 އިން 11:30 އާއި މެންދުރުފަހު 14:15 އިން 18:00 އަދި ރޭގަނޑު 20:15 އިން 22:00 އަށް.

29 ޖޫން: މެންދުރުފަހު 13:00 އިން 15:00 އަށް އަދި ރޭގަނޑު 20:15 އިން 22:00 އަށް މި ލައިޓްތަކުން ތަކުބީރުގެ އަޑު އިވޭނެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ޙައްޖު ދުވަހުގެ މެންދުރުން ފަހުން ފެށިގެން އެ ލައިޓްތަކުން ވަނީ އަޑު ހަރުކޮށް ތަކުބީރު އިއްވަން ފަށާފައި ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި