މާލޭގެ ކަލާފާނު ސްކޫލްގައި ކިޔަވައިދެމުން ދިޔަ އިންޑިޔާގެ ޓީޗަރަކު ވަގު ސެޓްފިކެޓެއްގެ މައްސަލައިގައި ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށް އިންޑިޔާގެ ކޯޓަކުން އަމުރު ކޮށްފިއެވެ.
މިމައްސަލައިގައި ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވަނީ ކަލާފާނު ސްކޫލްގެ ގްރޭޑް 9 ގައި އިކޮނޮމިކްސް ކިޔަވައިދޭ އަބިން ސީ ރާޖް ނަމަަކަށްކިޔާ މީހެކެވެ. އޭނާ ހައަޔަރުކޮށްފައިވަނީ އިންޑިޔާގެ ކެރެލާގެ ޕޮލިހުންނެވެ. ކެރެލާ ޕޮލިހުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ރާއްޖޭގައި ހުރެފައި އިންޑިޔާއަށް އެނބުރި ދިޔަ ވަގުތުއެވެ.
އިންޑިޔާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަބިން ސީ ރާޖް ކެރެލާގެ ފުލުހުން ހައްޔަރުކުރީ ސްޓޫޑަންޓް ފެޑެރޭޝަން އޮފް އިންޑީޔާގެ ކުރީގެ ކެރަލާ އޭރިއާ ސެކްރެޓަރީ ނިކިލް ތޯމަސް ނަމަކަށް ކިޔާ މީހަކު އެމް-ކޮމް ކޯހެއްގެ އެޑްމިޝަންގައި ފޭކު ޑިގްރީ ސެޓިފިކެޓެއް ހުށަހެޅި މައްސަލަގައެވެ.







ޚިޔާލު (2)
މުޅި ގައުމު ލޯކަލައިޒްކޮށްބާ ހާއްސަކޮށް ތަޢުލީމީ ދާއިރާ. ދަރިން ހަލާކުވަނީ
ބިދޭސީން ބޭރަށް! ދިވެހިން ހަރުދަނާވެ ކެރިގެން ނުކުމެ ގައުމު ހަމައަކަށްއަޅުވަބާ