މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ތައިލެންޑް މާކެޓުގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް ބެންކޮކް ޕޯސްޓާއެކު ކެމްޕޭނެއް ފަށައިފިއެވެ.
މިމަހުން ފެށިގެން އަންނަ އޮގަސްޓްމަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކެންޕޭނުގެ މައިގަނޑު މަގުސަދަކީ ތައިލެންޑުގައި ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާކޮށް، ދިވެހިރާއްޖޭގެ ހާއްސަކަން ދައްކާލައި، ދެކުނު އިރުމަތީ އޭޝިއާގެ މާކެޓުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
ބެންކޮކް ޕޯސްޓަކީ ތައިލެންޑްގައި އެންމެ ކުރިއަރާފައިވާ އިނގިރޭސި މީޑިއަމްގެ މާސް ޕަބްލިކޭޝަނަށްވާއިރު، ދެ މިލިއަނަށްވުރެ ގިނަ ކިޔުންތެރިން ކޮންމެ މަހަކު ބެންކޮކް ޕޯސްޓްކިޔައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.