1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

މިސްޓަރ މޯލްޑިވްސް އަޒްނީން އަދި ޔާންބެއަށް އިތުރު ރެކޯޑްއެއް

369040_3_3460e1277d11e9e9cf051c48f9c453df69890b28_large
ރޭ ބޭއްވި ރާއްޖޭގެ ގައުމީ ބޮޑީބިލްޑިން މުބާރާތުގައި މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ހޯދި ޔާންބެ (ވ) އާއި ބޮޑީބިލްޑިން ސްޕޯޓްސް ފިޒީކް ކެޓަގަރީން ޗެމްޕިއަންކަން ހޯދި އަޒްނީން (ކ)--- ފޮޓޯ: މިހާރު
އައިޝަތު ސަދާ ސަޢީދު
563ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ ގައުމީ ބޮޑީ ބިލްޑިން މުބާރާތުގެ ބޮޑީ ބިލްޑިން ކެޓަގަރީ ނުވަތަ މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ވިދިވިދިގެން ތިންވަނަ ފަހަރަށް މުހައްމަދު ޔާމީން (ޔާންބެ) ހޯދައިފި އެވެ.

މިއީ މިސްޓަރ މޯލްޑިވްސް ޓައިޓަލް ޔާންބެ ހޯދި ހަތަރު ވަނަ ފަހަރެވެ. އަދި ސްޕޯޓްސް ފީޒީކް ކެޓަގަރީން ޗެމްޕިއަންކަން ހޯދާފައިވަނީ މިދިޔަ ތިން އަހަރުވެސް އެ އެވޯޑް ދިފާއު ކުރި އަޒްނީނު ރަޝާދެވެ.

ރޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ބޭއްވި އިވެންޓްތަކުގައި ދެ ކެޓަގަރީން ދެ އެތުލީޓުން ހޯދި ޓައިޓަލް އާއެކު ޔާންބެ އާއި އަޒްނީން ވެސް ވަނީ އެންމެ ގިނަ ފަހަރު އެ އެވޯޑްތައް ހޯދި ބޮޑީބިލްޑަރުންގެ އެވޯޑް ހޯދައިފަ އެވެ. މީގެ ކުރިން ހަތަރު ފަހަރަށް މި ދެ އެވޯޑް އެހެން މީހަކަށް ލިބިފައެއް ނެތެވެ.

300 × 250

ކުރީގެ ބޮޑީ ބިލްޑަރުން ކަމަށްވާ އާދިލް އާއި މުހައްމަދު ރަޝީދު (ރަޗޭ) ވަނީ ކޮންމެ ބޮޑީ ބިލްޑަރަކު ތިން ފަހަރު މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ހޯދައިފަ އެވެ.

ވިދިވިދިގެން ތިންވަނަ ފަހަރު އެ ޓައިޓަލް ހޯދުމުގެ ކުރިން ޔާންބެ ވަނީ 2017 ގައި ވެސް މިސްޓަ މޯލްޑިވްސް ޓައިޓަލް ކާމިޔާބު ކުރި އެވެ. 2021 އަދި 2022 ގައިވެސް ޔާންބެ ވަނީ މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ހޯދައިފަ އެވެ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ބޮޑިބިލްޑިން ޗެމްޕިއަންޝިޕްގައި ފައިނަލަށް ނުދެވުނަސް އެކަމުގެ ޔާންބެ އެކަމުން އަރައިގަތީ މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ޗެލެންޖް ބޮޑު ބޮޑީބިލްޑިން ސުޕަ 90 ކިލޯގެ ކެޓަގަރީން ބްރޯންޒް މެޑަލް ހޯދައިގެންނެވެ.

މި އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި 2022 ގެ އެތުލީޓް އޮފް ދި އިއާގެ އެވޯޑް ހޯދި އަޒްނީން ވިދިވިގެން ހަތަރުވަނަ ފަހަރު ހޯދުމުން އޭނާ ވެފައި ވަނީ ސްޕޯޓްސް ފީޒީކް ކެޓަގަރީގައި ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓަށެވެ.

ސްޕޯޓްސް ފީޒީކް އަޕްޓް 170 ސެންޓްމީޓަރުގެ ކެޓަގަރީން، އަޒްނީން ވަނީ މިދިޔަ އަހަރު ވޯލްޑް ޗެމްޕިއަންޝިޕާއި އޭޝިއަން ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދައިފަ އެވެ. އޭނާ އަކީ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ފުރަތަމަ ރަން މެޑަލް ހޯދައިދިން އެތުލީޓެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި