1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވަތަނީ ޚިދުމަތުގެ ހަތަރު ވަނަ ބެޗަށް ކުދިން ހޮވުން 13 ސަރަހައްދެއްގައި!

ވަތަނީ ހިދުމަތުގެ ކުރީވެ ބެޗެއް. --- ފޮޓޯ: އެމްއެންޑީއެފް
މަރިޔަމް އަފީފާ
330ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޒިންމާދާރު އަދި ގައުމީ ލޯބިި ހުރި ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނު" ޕްރޮގްރާމުގެ ހަތަރުވަނަ ބެޗަށް ކުދިން ހޮވުމުގެ މުހިންމު މަރުހަލާތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ސެލެކްޝަން ޕްރޮސެސްއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ލެފްޓިނެންޓް ކާނަލް އިބްރާހިމް ހަލީމް ވިދާޅުވީ، މި މަރުހަލާތައް މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާ މި ބެޗުގައި ފުރުސަތު ދީފައިވަނީ ތިންވަނަ ބެޗަށް ކުރިމަތިލީ ކުދިންގެ ތެރެއިން ޖާގަ ނުލިބި ތިބި ކުދިންނަށް ކަމަށެވެ.

މި މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެމްއެންޑީއެފްގެ 6 ޓީމަކުން މާލެ ހިމެނޭހެން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ނިސްބަތްވާ 13 މަރުކަޒެއްގައި ހަރަކާތްތެރިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

300 × 250

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ އިސްލާމްދީނަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ފަށާފައިވާ ޕްރޮގްރާމެކެވެ. މި ތަމްރީނުގެ ތެރޭގައި އަޚުލާޤާއި ސުލޫކު އަށަގެންނެވުމުގެ އިތުރުން، ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސް އަދި ސްކަރީ ތަމްރީނުގެ ޙަރަކާތްތައް ހިމެނެއެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ 2 ބެޗެއްގެ ތަމްރީނުތައް މިހާރު ނިމިފައިވާއިރު، 3ވަނަ ބެޗުގެ ތަމްރީނުތައް ދަނީ ކުރިއަށެވެ. 3ވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން ޖުމުލަ 352 ކެޑޭޓުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 288 ފިރިހެން ކެޑޭޓުންނާއި 64 އަންހެން ކެޑޭޓުންނެވެ.

މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ފަދަ މުހިންމު ސެޓިފިކެޓްތަކެއް ލިބިގެންދާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި