1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫ ފަޅުތެރެއިން ބިންހިއްކައިގެން އެއަރޕޯޓެއް ތަރައްގީ ކުރުން މިހާރުން މިހާރަށް ކުރަންޖެހޭ - ތިނަދޫ ރައީސް

FB_IMG_1688745945296
ތިނަދޫ ކައުންސިލް ރައީސް
އަލީ ނަސީރު
2,542ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދައުލަތުގެ ބާރު ނުފޯރާގޮތަށް އަމިއްލަ ކުންފުންޏަކަށް ދީފައިވާ ކާޑެއްދޫ ތަރައްގީ ކުރުމުގެ ވާހަކަ އިތުރަށް ނުދައްކާ ތިނަދޫ ފަޅުތެރެއިން ބިންހިއްކައިގެން އެއަރޕޯޓެއް ތަރައްގީ ކުރުން މިހާރުން މިހާރަށް ކުރަންޖެހޭ ކަމަށް ތިނަދޫ ކައުންސިލް ރައީސް ވިދާޅުވެއްޖެއެވެ.

ތިނަދޫ އަކީ ބޮޑު ފަޅެއް އޮތް ރަށަކަށް ވެފައި ތިނަދޫ ކަހަލަ އާބާދީ ބޮޑު ރަށެއްގައި އެއަރޕޯޓެއް ތަރައްޤީ ކުރެވެންޖޭހޭ ކަމަށް ތިނަދޫ ކައުންސިލް ރައީސް ދަނީ އެކި އެކި ޕްލްޓްފޯމް ތަކުގައި ވާހަކަ ދައްކަމުންނެވެ.

FB_IMG_1688745883799ކާޑެއްދޫ ޑޮމެސްޓިކް އެއާޕޯޓް ފާހަނާ

300 × 250

ކާޑެއްދޫ އެއާޕޯރޓް ގެ ހާލަތު ހުރިގޮތުން އެ އެއާރޕޯޓުގެ ޚިދުމަތް ބޭނުންކުރާ ރައްޔިތުން ބުނަމުން ދާއިރު، އެއާރޕޯޓް ހިންގުން ވިލާ ކުންފުންޏާއި ހަވާލުކުރިފަހުން މިއަދާ ހަމައަށް އެ އެއާޕޯޓްގައި އެރައިވަލް ހޯލްގައި ފިލާޖެހުން ފިޔަވައި އިތުރު ކަމެއް ނުހިނގާކަން ފާހަގަކޮށްލެވެއެވެ.

ކާޑެއްދޫ އެއާޕޯޓަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި އާއްމުން ބޭނުން ކުރަމުން އަންނަ އެއާޕޯޓެކެވެ. އެހެން ނަމަވެސް ފަސިންޖަރުންނަށް ފަސޭހަ ކުރުމުގެ ގޮތުންނާއި، ޒަމާނީ އެއާޕޯޓަކަށް ހެދުމަށް މާބޮޑު ސަމާލުކަމެއް ވިލާ ކުންފުނިން އަދި މީގެ ކުރިން ސަރުކާރުން ހިންގަމުން އައިއިރު، އެއިރެއްގައި އޮތް ސަރުކާރަކުންވެސް ކުރިތަނެއް ނުފެނެއެވެ.

FB_IMG_1688745902166

ކާޑެއްދޫ ޑޮމެސްޓިކް އެއާޕޯޓަކީ ބައިނަލްއަގްވާމީ ފެންވަރުގެ އެއާޕޯޓަކަށް ހަދާ، ކާޑެއްދޫ އާއި ގދ. ތިނަދޫ ބްރިޖަކުން ގުޅުވާލާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ސޮނިކް

    ސަނީފު ގުޅުވި ބުރިޖު ފެންނަން ދުވަސްކޮޅެއްނަގާނެ. ކެތްތެރިވެލައްވާ.

ގުޅުންހުރި