1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރިލްވާންގެ މައްސަލަ އަލުން ތަހުގީގު ކުރުމުގެ ބޭނުމެއް ނެތް :އުމަރު

umar naseer
އަލީ އީމާން ރިޔާޒް
441ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ވީނުވީ އެއް ނޭގި ގެއްލިފައިވީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލަ އަލަށް ތަހުގީގެއް ފަށައިގެން ހޯދޭނެ އިތުރު އެއްޗެއް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރިލްވާންގެ މައްސަލައާ ގުޅޭގޮތުން ކުރިމަތި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ ރިލްވާނުގެ މައްސަލަ އަކީ ހުރިހާ ހެއްކެއް ހޯދާ ތަހުގީގުކުރެވިފައި އޮތް މައްސަލައެއް ކަމަށެވެ. އަދި ޑރ. އަފްރާޝީމްގެ މައްސަލަ ވެސް ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ތަހުގީގުކުރެވޭނެ އެންމެ ފުނަށް ތަހުގީގު ކޮށްފައި ކަމަށެވެ.

އޭނާ ވިދާޅުވީ މަރު ކޮމިޝަނުން ގިނަ މައްސަލަތަކެއް ތަހުގީގު ކުރުމަކީ އެ ކޮމިޝަނުން ކުރާ ރަނގަޅު މަސައްކަތެއް ނަމަވެސް ރިލްވާން މައްސަލައާއި ޑރ. އަފްރާޝީމްގެ މައްސައިގައި ހޯދޭނެ އިތުރު ހެއްކެއް ނޯންނާނެ ކަމަށް ވެސް އޭނާ ބުނެއެވެ.

300 × 250

ރައީސް ޔާމިން ރިލްވާންގެ މައްސަލައިގައި އުމަރަށް "ޑޯންޓް ބީ އޯވާވެލްމިން" މިހެން ބުނެ ފުނުއްވި މެސެޖެއް މިހާރު ސޯޝަލްމީޑިއާގައި ދައުރުވަމުން އެބަދެ އެވެ. މި ކަމާއި ގުޅިގެން އުމަރު ވިދާޅުވީ ތީ ރަނގަޅު މެސެޖުތަކެއް ކަމަށާއި އެހެން ނަމަވެސް މީހުންނަށް މި މެސެޖުގެ މާނަ އޮޅިފައި ވާ ކަަމަށެވެ.

ރައީސް ޔާމީން އެއްވެސް އިރެއްގައި މި މައްސަލަ ކުރިޔަށް ނުގެންދިޔުމަށް ނުބުނާ ކަމަށެވެ. ބުނެފައި ވަނީ "ތި ވަރު އަރުވާނުލިޔަސް ފުދޭނެ" ކަމުގައެވެ. އަދި ކޮށްފައިވާ މެސެޖްގެ މާނަ އޮޅިފައި ވަނީ ރަނގަޅަށް އިނގިރޭސި ބަސް ނޭގޭ ފަރާތްތަކަށް ކަމުގައި އޭނާ ބުނެއެވެ.

މި މަހުގެ 3 ވަނަ ދުވަހު ރިޟްވާނުގެ މައްސަލަ އާއި ގުޅިގެން ރައީސް ޔާމީނަށް މަރު ކޮމިޝަނުގައި ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވާފައި ނުވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި