މަސްތުވާތަކެއްޗާއި އެކު ގދ ތިނަދޫއިން ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ގދ. ތިނަދޫ ޕޮލިސްޓޭޝަނުން އެރަށުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަ ރަބަރު ޕަކެޓް ފެނިވައިވާ ކަމަށް ފުލުހުން ހާމާކުރެއެވެ،
އޭނާ ހައްޔަރުކުރެވިފައިވަނީ، އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް ޕޮލިހަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން މި އޮގަސްޓު މަހުގެ 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހިނެކެވެ. އަދި ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުޤީޤުކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.