1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދެކޮޅުވެރިކަމާއި ހަސަދަ ދޫކޮށްލުމަށް ރައީސް އިލްތިމާސްކޮށްފި

307347_1cef642b-5_
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް-- ފޮޓޯ: -- ރައީސް އޮފީސް
އައިޝަތު ސަދާ ސަޢީދު
326ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދެކޮޅުވެރިކަމާއި ހަސަދަ ވުމާއި ބައިބައިވުން ދޫކޮށް، އެކުވެރިކަމާއި އެކު އެއްބައިވަންތަކަމުގެ މަތީގައި ގައުމީ މަސްލަހަތު ކުރިއަށް ނެގުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މިކަމަށް އިލްތިމާސްކުރައްވާފައިވަނީ، ހިޖުރީ އައު އަހަރު 1445 ފެށުމުގެ މުނާޞަބަތާއި ގުޅިގެން ފޮނުއްވި ޚިޠާބުގައެވެ.

އެގޮތުން، ހިޖުރައިގެ މަތިވެރި ހާދިސާއާއި ގުޅޭ އެންމެ މުހިންމު މަގްސަދަކީ، މައްކާގެ ބިމުގައި ނާމާންކަމާއި ހިތްދަތިކަމުގައި އުޅެމުން ދިޔަ މުސްލިމުންނަށް، މަދީނާގެ ބިމުން އުފާވެރިކަމާއި އަމާންކަން ހޯއްދަވައިދެއްވުންކަން ރައީސް ފާހަގަކޮށްފައިވެއެވެ.

300 × 250

"ހިޖްރީ އައު އަހަރެއްގެ ފެށުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، އެ މަތިވެރި ހާދިސާއިން އަޅުގަނޑުމެންނަށް ލިބިދޭ މިފަދަ ފިލާވަޅުތަކުން އިބްރަތް ހާސިލުކުރެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.".

އަދި ހިޖްރައިގެ ބިންގަލުގެ މަތީގައި އުފަންވި އިސްލާމީ އުންމަތް ދުނިޔެއަށް ސާބިތުކޮށްދިނީ، އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަހުވަންތަކަމުން އިންސާނީ މުޖްތަމައަށް ލިބިގެންދާ ކުރިއެރުމާއި ފާގަތިކަން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިންގެ މެދުގައި އޮތް ހަމަޖެހުމާއި ޞުލްޙަވެރިކަމުގެ މަތީގައި ގައުމު ބިނާކުރުމަށާއި، އިްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި އަންނަން އޮތް ޖީލްއާއި ހިސާބަށް ވާސިލްވުމަށް މަސައްކަތްކުރުމަށް ރައީސް ވިދާޅުވިއެވެ.

"މާތް ނަބިއްޔާ ކޮށްޓަވައިދެއްވި މަގުގައި ސާބިތުވެ ތިއްބެވި އެކަލޭގެފާނުގެ މިތުރު ޞަޙާބީން ދައްކަވައިދެއްވީ، މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގައި ފަރުދީ ޒިންމާ އަދާކުރުމުގެ އެންމެ މަތިވެރި ނަމޫނާއެވެ" ރައީސް ވިދާޅުވިއެވެ.

އަދި ރައީސްގެ ޚިޠާބުގައި ވަނީ މި ފެށުނު ހިޖުރީ 1445 ވަނަ އަހަރަކީ، ދިވެހިންނަަށާއި ދިވެހިރާއްޖެއަށް ބާއްޖަވެރިކަމާއި ތަނަވަސްކަން ގެނެސްދޭނެ އަހަރެއް ކަމުގައި ލެއްވުން އެދޭ ކަމަށް ވިދާޅުވެފައެވެ.

 

300 × 250

ޚިޔާލު (2)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ހަސަދަ

    ހަސަދައިގެ ހުޅުގަނޑު ރޯކޮށްފާ ދެކޮޅުވެރިކަމާ ހަސަދަވެރިކަން ދޫކޮށްލަން ގޮވުމަކީ ތިމައިގެ ސިކުނޑި ހަމައިން ނެއްޓިފާ ހުރިކަމުގެ އަގުހުރު ދަލީލެއް، އަމުރުކުރާން އެދޭނަމަ ކިއަމަންވާން ދަސްކުރޭ.

  • އެއްކަލަ މީހާ

    ދެކޮޅު ވެރިކަމާ ހަސަދަވެރިކަން ދޫކޮށް ޔާމީނު މިނިވަންކޮށް ރައްޔިތުންނަށް ނަމޫނާ ދައްކާ ދެން ހަސަދަވެރިކަމާ ދެކޮޅުވެރިކަން ދޫކޮށްލުމަށް ގޮވާބަލަ.

ގުޅުންހުރި