ބޭސް ފަރުވާއަށް ރާއްޖެއިން ބޭރުގައި މަޑުކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށް ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެދިއްޖެއެވެ.
ކަރެކްޝަންއިން އަދީބު ބޭސް ފަރުވާއަށް ދިޔުމަށް ހުއްދި ދިނުމާއި އެކު، އަދީބު ސިންގަޕޫރްއަށް ގޮސްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ކަރެކްޝަންއިން އަދީބުގެ ބޭސް ފަރުވާއަށް ދީފައިވަނީ 10 ދުވަސްކަމުން މިހާރު އެ މުއްދަތު ވަނީ ހަމަވެފައެވެ.
ރާއްޖޭގެ މިޑިއާ އަކަށް ކަރެކްޝަންގެ އޮފިޝަލަކު އވިދާޅުވެފައިވާ ގޮތުގައި، އަދީބުގެ ބޭސް ފަރުވާގެ ކަންކަން އަދި ނުނިމޭތީ، ދީފައިވާ މުއްދަތު އިތުރުކޮށް ދިނުމަށް އަދީބުވަނީ އެދިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.