ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި ޤަތަރު އެއާވޭސްގެ ފްލައިޓެއްގައި މައްސަލައެއް ދިމާވެގެން އެމަޖެންސީގައި އަނބުރާ ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް ޖައްސައިފިއެވެ.
އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ ވިހިވަރަކަށް މިނެޓް ފަހުން އަނބުރާ އެއާޕޯޓަށް އެ ފްލައިޓް ޖައްސާފައިވަނީ އެފްލައިޓްގެ ކުޑަދޮރަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެމަޖެންސީގައި އެފްލައިޓް އަނބުރާ ޖައްސާފައި ވަނީ ރައްކާތެރިކަމާއެކު ކަމަށާއި ފްލައިޓުން ދަތުރުކުރި އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިނުވެއެވެ.
އެމަޖެންސީގައި ފްލައިޓް އަނބުރާ ޖެއްސިއިރު އެއެއާރޕޯޓު އޮތީ ކުއްލި ހާލަތަށް ގެނެސްފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެމަޖެންސީގައި ޖެއްސި ފްލައިޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ގަތަރުގެ ވެރިރަށް ދޯހާއަށް ދަތުރު ފެށި ފްލައިޓެކެވެ.
މައްސަލައެއް ދިމާވެގެން ޤަތަރު އެއާވޭސްގެ ފްލައިޓެއް މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވާއިރު އެެެއެއާލައިންގެ 13 ފްލައިޓެއްގެ އެންމެ މަތީ ސާފޭސްގައި މައްސަލަތަކެއް ހުރެގެން އެފްލައިޓްތައް ގްރައުންޑް ކޮށްފައިވާ ކަމަށް މީގެ އެއްދުވަސް ކުރިން ބައިނަލްއަޤުވާމީ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.