އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް، ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މަންމާފުޅު ފާތުމަތު ޙަސަން އަވަހާރަވިތާ މާ ގިނަ އިރުތަކެއް ނުވަނީސް ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލްކޮށް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވެފައިވަަނީ އާލާސްކަންފުޅާއި އުޅުއްވާތާ ދުވަސްތަކެއްފަހުން އަވަށްޓެރި ސްރީލަންކާގައެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި އެންމެބޮޑަށް ބޭނުންފުޅުވީ އެމަނިކުފާނު މިނިވަންވެ ވަޑައިގެން މަންމާފުޅުގެ އަރިހަށް ޒިޔާރަތް ކުރެއްވުން ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލް އަބްދުﷲ ޝިޔާޒް ވަނީ މިއަދު ވިދާޅުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.