ކުރިޔަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީ އިން ރައީސް ސޯލިހް ކާމިިޔާބު ކުރައްވައިފި ނަމަ, އެއީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ ފަހު ދުވަސްކަމަށް އެމްޑީޕީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ ޑިމޮކްރެޓްސްގެ މެމްބަރުން ތިއްބަވާ ވަޓްސް އެޕް ގްރޫޕުގައެވެ.
ބައިބައިވެއްޖެ ނަމަ ފެންނަނީ މާފަސޭހަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކާމިޔާބުކުރާތަން ކަމަށާއި އެކަމަކު އެދިވަޑައިގަނަވަނީ ޑިމޮކްރެޓްސް މެމްބަރުންގެ އެއްބާރުލުން ކަމަށެވެ.







ޚިޔާލު (1)
ތިޔައީ ހާދަ އުފާވެރި ނިންމުމެކެވެ. މިތިބީ ތިޔަ ދުވަސް ދެކޭ ހިތުން ކެތް މަދުވެފައެވެ. ތިޔައީ މިހާރު މި ގައުމަށް ދިމާވެފައި އޮތް ބޮޑު ބުރައެއް އަދި މުސީބާތެކެވެ. އެކަމަކުވެސް ތިޔަ ދުލުން ތެދެއް ހަދާފާނެކަމަކަށް ގަބޫލެއް ނުކުެރެވެއެވެ.