އިންތިހާބުގައި ވާދަނުކުރުމަކީ ލިބޭ ނިކަމެތިކަމެއް ކަމަށާއި ޕާޓީއަކަށް ލިބިދޭ އެންމެ ބޮޑު ބާރަކީ ރިޔާސީ އިންތިހާބެއްގައި ވާދަކުރުންކަމަށް ރައީސް ޔާމީންގެ ޑެޕިޔުޓީ ކެމްޕެއިން މެނޭޖަރުކަން ކުރެއްވި އަދި ކުރީގެ ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުިވެއްޖެއެވެ. ކުރީގެ ރައީސް ޔާމީން އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމ ަށް ސުޕްރީމްކޯޓުއިން މިއަދު ނިންމި ނިންމެވުމާއި ގުޅިގެން، ޕީޕީއެމްއިން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރެއްވުމަށް އެދޭ ކަމަށް ޔާމީންވަނީ އެ ޕާޓީއަށް އަންގާފައެވެ. މި ކަމާއި ގުޅޭ ގޮތުން އެ ޕާޓީގެ ސެނެޓްއިން ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން ވާހަކަަފުޅު ދައްކަވަމުން، ނާޒިމް ވިދާޅުވީ، އިންތިހާބުގައި ވާދަނުކުރުމަށް ނިންމައިފިނަމަ އެއީ ޕާޓީއަށް ލިބިގެންދާ ބޮޑު ނިކަމެތިކަމެއް ކަަމަށެވެ.

"ރައީސް ޔާމީންގެ ޕާޓީން، މި އިންތިޙާބު، އެބަ ކާމިޔާބު ކުރަންޖެހޭ، ސިޔާސީ ޕާތީއަކަށް ލިބޭ އެންމެ ބޮޑު ބާރަކީ ރިޔާސީ އިންތިހާބަށް ނުކުތުން. އެއަށްވުރެ ބޮޑު ބާރެއް ސިޔާސީ ޕާޓީއަކަށް ނުލިބޭނެ"

މީގެ އިތުރުން ނާޒިމް ވިދާޅުވީ އެ ޕާޓި ދެމިއޮތުމަށްޓަކާ އާރާއި ބާރާއި އެކު ނުކުމެ އިންތިހާބު ކާމިޔާބުކުރަން ޖެހޭ ކަމަށެވެ. އަދި އިންތިހާޞު ބޮއިކޮޓް ކޮށްފިނަމަ، އެކަމށް ފާރަ ލައި ތިބޭ އެހެން ޕާޓީތަކުން ފައިސާ ދީގެންވެސް އެ ޕާޓީގެ ފަރާތްތަތައް ގެންދާނެ ކަމަށާއި އެއީ އެންމެންނަށް އިނގޭ ސިއްރެއް ކަމަށެވެ.