1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

ޑރ. މުޢިއްޒުއަށް ކުރާ ތުހުމަތުތައް ވަކީލު ޝަމީމް ދޮގުކުރައްވައިފި

shameeeem
ޤާނޫނީ ވަކީލް އާދަމް ޝަމީމް
މަރިޔަމް ޝިއުނާ
4,535ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އާއި ގުޅޭގޮތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ތުހުމަތުތައް ދޮގު ކުރައްވާ ވަކީލު އާދަމް ޝަމީލް ރައްދު ދެއްވައިފިއެވެ. ރައީސް ނަޝިދުގެ ޑިމޮކްރެޓްސް ޕާޓީގެ އިސް މެމްބަރެއްކަމުގައިވާ އަލީ އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޑރ. މުޢިއްޒުއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ޑރ. މުޢިއްޒުއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުގެ އެޖެންޓެއްކަމަށާއި، ކޯޓުތަކުގައި ހުރި ޑރ. މުޢިއްޒުގެ މައްސަލަތައް ނަގައިދީގެން ރެކޯޑް ސާފުކޮށްދިނީ ސަރުކާރުން ކަމަށާއި، ނޫމަޑި މައްސަލަ ރައީސުލް ޖުމްހޫރިއްޔާ ކޯޓުތަކަށް އަތްބާނައިގެން ނިންމައިދިން ކަމަށް ތުހުމަތު ކުރައްވާފައެވެ. މީގެ އިތުރުން އިދިކޮޅު ޕީޕީއެމް ގެ ސެނެޓްވެސް ޑރ. މުޢިއްޒު ގަތީ އިބްރާހިމް މުޙައްމަދު ޞޯލިހު ފައިސާ ދީގެން ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.


މިކަމާއި ގުޅިގެން ނޫމަޑި މައްސަލާގައި ޑރ. މުޢިއްޒު ގެ ދިފާޢީ ވަކީލުގެ ގޮތުގައި މަސައްކަތް ކުރެއްވި އާދަމް ޝަމީމް ވިދާޅުވީ މުޢިއްޒުގެ މައްޗަށް ދަޢުލަތުން އުފުލި ދޮގު ބަޔާނެއް ދިނުމުގެ ދަޢުވާގައި މުޢިއްޒުގެ ދިފާޢީ ވަކީލުގެ ހައިސިއްޔަތުން އެ މައްސަލަ ސާބިތު ނުވީ އެކަށީގެންވާ ހެކި ނެތުމުން ކަމަށް ދަންނަވާކަމަށެވެ.

300 × 250


އަދި ޑރ.މުޢިއްޒު ދޮގު ބަޔާނެއް ހުށަހެޅިކަމަށް ބުނާއިރު އެކަން ދަންނާނެ ހެކިންނެއް ނެތް ކަމަށާއި، އެ ބަޔާނުގައި އޮތީ ޑރ. މުޢިއްޒުގެ ސޮއިކަމަށް ބުނާއިރު އެކަން ވެސް ސާބިތެއް ނުކޮށްދެވުނު ކަމަށެވެ.


މީގެ އިތުރުން އެ މައްސަލައިން ސަލާމަތްވާކަށް ތަނަކަށް އަތްބާނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މިކަން ފާހަގަކުރީ އެކަމަކީ އާދަމް ޝަމީމްއަށް އެނގޭ ކަމެެއް ވީމާ އެ މިންވަރަށް ދަންނަވާލުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

https://twitter.com/AdamShameem/status/1689160030820728832?s=20


ޑރ. މުޢިއްޒަށް ކުރި ތުހުމަތުތަކާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާޒިމްގެ ޓްވީޓަކީ އެއްވެސް އަސްލެއްނެތް ދޮގު ތުހުމަތެއް ކަމަށާއި، އެއީ އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުޢިއްޒުގެ އަގުވައްޓާލުމަށް ރޭވިގެން ހިންގާ ކަންކަން ކަމަށެވެ.މިއާއިއެކު ޝުޖާއު ވިދޅާުވީ ހުރިހާ ސިޔާސީ ޕާޓީތަކުން ރިވެތި ކެންޕެއިން ކުރުމަކީ އިދިކޮޅުން އެދޭ ގޮތްކަމާއި، އެންޓި ކެންޕެއިން ކުރުމަކީ ވަރަށް ހުތުރު ކަމެއް ކަމަށެވެ. އަދި އެކަން ކުރަން އިދިކޮޅު މާމޮޅުވާނެ ކަމަށާއި އެހެންނަމަވެސް އިދިކޮޅުން މިކުރަނީ އިބޫ ނޫންގޮތެއް ހޯދުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އިބޫ ނޫން ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވާ ހުރިހާ ޕާޓީތަކުން ”ކައިރި ނުވެވޭވަރަށް ދުރުނުވުމަށް“ ނަސޭހަތްތެރިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

300 × 250

ޚިޔާލު (2)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ހޯމަ

    މަޑަވެލީ ސޮރެއް ތިމައްސަލަ ކްރިމިނަލްކޯޓްންބެލީ މިމައްސަލަ މުއިއްޒުއާއި އެއްކޮޅަށް ނިންމަންވެގެން ފުލުހުންކާރީ މިފަޑިޔާރުބުނަނީ ކަލޭމެން ހުވާކުރާށޭ މުއިއްޒުގެ ސޮއިކަމަށް. މައްސަލައިގައި ސުވާލުއުފެދޭ ބައިވަރު ކަންތައްތަކެއް އެބަހުރި.

  • ސުން

    އާޒިމް އެއުޅެނީ ސޯލިހު ކައިރިޔަށް ދާންވެގެން.

ގުޅުންހުރި