އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ގައި ޕީޕީއެމުން ތިނަދޫ ކައުންސިލްގެ މެމްބަރު ކަމަށް ހޮވުން މުޙައްމަދު ޒަލީފް އަބްދުﷲ އެމްޑީޕީ އާއި ގުޅިއްޖެ އެވެ.
ހުވަދޫ މީޑިއާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަލީފް އެމްޑީޕީ އާއި ގުޅުނީ މިއަދު އެވެ. ނަމަވެސް ޒަލީފް އެ ޕާޓީ އާއި ގުޅެން އުޅޭ ކަމުގެ އަޑުތައް ފެތުރެމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ.
އެމްޑީޕީ އަށް ސޮއި ކޮށް ފޯމް ޙާވާލު ކުރުމަށް ފަހު މީގެ އިރުކޮޅެއް ކުރިން ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެމުން ޒަލީފް ވަނީ އޭނާ އެމްޑީޕީ އާއި ގުޅުނީ މިއަދު ހަވީރު 6 ޖެހި އިރު މާލޭ ސޯލްޓް ރެސްޓޯރެންޓް ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އެކު އެ ޕާޓީން ބޭއްވި ބައްދަލުވުމެއްގައި ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް މި ކަމާ ގުޅިގެން އިތުރު ތަފްސީލެއް އޭނާ ނުދެއެވެ.
ތިނަދޫ ކައުނަސިލްގެ މެންބަރު މުހައްމަދު ޒަލީފް އަބްދުﷲ އެމްޑީޕީ އާއި ގުޅުމުން އެ ކައުންސިލްގައި ދެން ބާކީ ތިބޭނީ ޕީޕީއެމް އަށް ނިސްބަތްވާ 2 މެންބަރުންނެވެ.







ޚިޔާލު (4)
ތިޔާ ވިކުންނޫ 500000 ލައްކަ ރުފިޔާ އަށް ، ޖުވާ ކޮޅެގެން އެތެކެބައިކެންނަން ހިޔާނަތެވެގެން. ރުފިޔާ ދެންނަން ޖެހީގެން
އަހަނެ ނޯޅެމާ ތަހެއްސޯ ހަދުވަންނަން ޗޯރާ ބަލިކެރެންނާ ،
ޖުވާކޮޅުމުގެ ނުބައިކަން މިފެންނޫ ޢަދެ މިޖެހުންނޫ އަމިއްލަ ނަފްސު ކުދެ ލާރިއަކަން ވިއްކަންނަން .
ތީނާ އެމްޑީޕީ އަށް ދިޔަ ގޮތް ވަރަށް ސާފުކޮށް އިނގޭ. ޚުދު އޭނާގެ އަގައިން އެވާހަކަ ދައްކާ.. އިއްޔެ އާންމު ކުރި މާލޭ ފްލެޓް ލިސްޓުން ޒަލީފުއަށް ފްލެޓް ލިބޭ! ތިނަދޫގައި ދިރިއުޅޭ މީހަކަށް އެ ފްލެޓްގެ ޝަރުތު ހަމަނުވޭ! ދެން އައީ، އޭނާގެ ބައްޕަގެ ވިޔަފާރިން މީނާ ވަގަށް ނަގައިފައިހުރި ފައިސާ.. ސަރުކާރުން އެސްއެމްއީ މެދުވެރިކޮށް އެ ވިޔަފާރިއަށް މިލިޔަނުން ފައިސާ ދިނުމަށް ނިންމައިފައިވޭ. މީނާގެ ދަރަނި އާދާކުރުމަށް އެމްޑީޕީއިން ނަގުދު ފައިސާ، ލައްކައިން ވަނީ ދީފައި.! މީގެ އެއްވެސް ވާހަކައެއް ދޮގު ކުރަން އެއްވެސް އެޗެއް ނުބުނެވޭނެ! ފްލެޓް ލިސްޓް ފެންނަން އެބައޮތް، އެސްއެމްއީ ފައިސާ ޕޯޓަލްއިން ފެންނާނެ