8 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ދުނިޔޭގެ ރިކޯޑެއް މުގުރާލައިފި އެވެ.
ދިވެހިރާއްޖޭގެ އަށް އަހަރުގެ ކުއްޖެއް ރޭގެ ވަގުތެއްގައި ޖޫނިޔާ ވޯލްޑް ރިކޯޑް އޮފް ޕްލޭންކް މުގުރާލާފައިވާ ކަން މޯލްޑިވްސް އޮލިންޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގު ވަނީ ޓުވީޓު ކުރަށްވާ އިއުލާން ކޮށްފައެވެ. ދުނިޔޭގެ ރިކޯޑެއް މުގުރާލައިފައި މިވަނީ އިމާދުއްދީން ސްކޫލުގެ ގްރޭޑް ދޭއްގައި ކިޔަވަމުންދާ ދަރިވަރެއް ކަމުގައިވާ މުލްހަމް އާޒިމްއެވެ. މީގެ ކުރިން މި ރިކޯޑަކީ 1 ގަޑިއިރާއި 20 މިނެޓްވަންދެން ޕްލޭންކުގައި އޮވެގެން އުމުރުން 16 އަހަރުގެ އަންހެން ކުއްޖެއް ހަދާފައިވާ ރިކޯޑެކެވެ. މި ކުއްޖާ މި ރިކޯޑު މުގުރާލައިފަި ވަނީ 1 ގަޑިއިރާއި 30 މިނެޓް ވަންދެން ޕްލޭންކުގައި އޮވެގެނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.