1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ރިޔާސީ އިންތިޚާބު 2023

ލޭނު މަސްވެރިކަމާއި، މިޔަރު މަސްވެރިކަމަށް ފުރުޞަތުދޭނަން: ނާޒިމް

Mohamed Nazim
އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނާޒިމް
ހުވަދޫ ނިއުސް ޓީމް
254ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި ލޭނު މަސްވެރިކަމާއި، މިޔަރު މަސްވެރިކަމަށް ވަކި ސަރަހައްދެއް ކަނޑައަޅައި، އެފަދަ މަސްވެރިކަމުން ދިވެހިންނަށް ނަފާ ލިބޭ ގޮތް ހައްދަވާދެއްވާނެކަމަށް، އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ބ، ރ، އަދި ނ އަތޮޅުގެ ރަށްތަކަށް ކުރެއްވި ޒިޔާރަތް ނިންމަވާލެއްވުމަށްފަހު، ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނާޒިމް ވިދާޅުވީ ލޭނު މަސްވެރިކަމާއި، މިޔަރުގެ މަސްވެރިކަމަކީ، މިހާތަނަށް ޒިޔާރަތްކުރެވުނު، ރަށްތަކުގެ މަސްވެރިން ވަރަށް ބޭނުންވި ކަމެއްކަމަށެވެ. ހަމައެއައިއެކު، މެނިފެސްޓޯގައި މިހާރުވެސް ލޭނު މަސްވެރިކަމާއި، މިޔަރުގެ މަސްވެރިކަން، ރާއްޖޭގައި ޤާއިމްކުރުމަށްޓަކައި ހިމަނާފައިވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރަށް ނާޒިމް ވިދާޅުވީ، މިޔަރުގެ މަސްވެރިކަން ކުރުމަށް ވަކި ދުވަސްވަރެއް ކަނޑައަޅައި، އެކަމަށް ޚާއްސަކޮށްގެން ވަކި ސަރަހައްދެއްގައި ލޭނު އަދި މިޔަރު މަސްވެރިކަމަށް ތަޢާރަފްކުރައްވާނެކަމަށެވެ.

300 × 250

"މަސްވެރިންގެ އެދުންތައް ވެސް އެބަ ހުރި. ހަމައޭގެތެރޭގައި އަޅުގަނޑުމެން މެނިފެސްޓޯގައި ހިމަނާފައި އޮތްކަމެއް، އަދި އެ މީހުން (ޒިޔާރަތް ކުރި ރަށްތަކުގެ މަސްވެރިން) ވަރަށް ބޭނުންވެފައި އޮތް ކަމެއް ލޭނު މަސްވެރިކަމާއި، މިޔަރު މަސްވެރިކަން ތަޢާރަފްކުރުން. ދަންނަވަންތޯ އަޅުގަނޑު އެކަން ކުރާނަން. ރައްޔިތުންނަށް ހަމައެކަނި ޙައްޤު މިންވަރަކީ ދޮށި ހިފާއިގެންގޮސް ހަމައެކަނި މަސް ބާނާލަ ބާނަލަ ތިބުމެއްނޫން. އަހަރަކު އަޅުގަނޑު 4 މަސް ދުވަސް ކަނޑައަޅާނަން، މިޔަރު މަސްވެރިކަން ކުރެވޭނެ އަދި ލޭނު މަސްވެރިކަން ކުރެވޭނެ." ނާޒިމް ވިދާޅުވިއެވެ.

ލޭނު މަސްވެރިކަމާއި، މިޔަރުގެ މަސްވެރިކަމަކީ ރާއްޖޭގައި މީގެކުރިން ކޮށްއުޅުނު މަސްވެރިކަމެއް ނަމަވެސް، މިހާރު އެފަދަ މަސްވެރިކަމެއް ކުރުމަކީ ޤާނޫނުން ރާއްޖޭގައި މަނާކޮށްފައިވާކަމެވެ.

ނާޒިމްގެ ކެމްޕެއިން ދަތުރުތައް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާއިރު، ފާއިތުވި 4 ދުވަހު، 2 އަތޮޅެއްގެ 11 ރަށަކަށް ނާޒިމް ވަނީ ވަޑައިގެންފައެވެ. އެންމެފަހުން ނާޒިމް ވަޑައިގެންނެވީ، ރ. ދުވާފަރަށެވެ. އަތޮޅު ތެރެއަށް ނާޒިމް ކުރައްވާ މި ދަތުރުތަކުގެ ތެރެއިން، އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލު ކުރައްވާ ނާޒިމް ވަނީ، އެ ރަށްތަކުގެ ރައްޔިތުންގެ ޚިޔާލައި މަޝްވަރާ ހޯއްދަވާފައެވެ. އަދި ބައެއް ރަށްރަށުގެ، ރަށު ކައުންސިލްތަކާއި ބައްދަލުކުރައްވާ، އެ ރަށްރަށަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން ނާޒިމް ވަނީ މަޝްވަރާ ކުރައްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި