1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެމްޑީޕީގެ ތެރެއިން ގިނަ ބަޔަކާއެކު ޑިމޮކްރެޓްސް ތިނަދޫގައި ކެމްޕެއިން ވަރުގަދަ ކޮއްފި

The Democrats mv
ދަ ޑިމޮކްރެޓްސް އިން ގދ ތިނަދޫގައި މިހާރު ކުރިޔަށްދާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން.
މުހައްމަދު އަޚްތަރު
775ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމްޑީޕީގެ ތެރެއިން ގިނަ ބަޔަކާއެކު, އެންމެ ފަހުން ރާއްޖޭގައި އުފެދުނު ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސް އިން ގދ ތިނަދޫގައި މިހާރު ކުރިޔަށްދާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތައް ވަރުގަދަ ކުރަން ފަށައިފިއެވެ.

ގދ ތިނަދޫ ގައި ހުންނަ ދަ ޑިމޮކްރެޓްސްގެ ހައުސް އޮފް ޑިމޮކްރެޓްސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި އެ ޕާޓީ އިން ވަނީ ކެމްޕެއިންގެ ހަރަކާތްތައް ރާވައި އެކަމުގެ ޢަމަލީ މަސައްކަތް މެކުހަށް ޖަހާފައި ކަމަށެވެ. އޭގެ ފެށުމެއްގެ ގޮތުން މިއަދު ރައީސް މުޙައްމަދު ނަޝީދު އާއި އެ ޕާޓީގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އެކީ ގައި ކުރިޔަށް ގެންދާ ހަރަކާތްތައް ފާހަގަ ކޮށްލެވޭ ކަމަށް ތިނަދޫ ހައުސް އޮފް ޑިމޮކްރެޓްސް އިން ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއެވެ. ވަކިން ޚާއްސަ ކޮށް މީގެ ކުރިން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ ގައި ހަރަކާތްތެރިވި ގިނަ ބަޔަކު މި ކެމްޕޭނުގައި އެ ޕާޓީ އާއި ގުޅި ފިސާރި ރަނގަޅަށް ކުރިޔަށް ދާ ކަމުގައި ފާހަގަ ކުރި އެވެ.

https://twitter.com/Simwarr/status/1690362231119314944?s=20

300 × 250

ކުރީގެ ރައީސް ނަޝީދު އާއި ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބް ގދ ތިނަދޫ އަށް ވަޑައިގަތުމުން ޑިމޮކްރެޓްސް އިން ވަނީ ވަރަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ދަ ޑިމޮކްރެޓްސް ޕާޓީގެ ކެމްޕޭން ޓީމް މިހާރު ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ކުރަމުންދާ ދަތުރުގައި ތިނަދޫގައި ކެމްޕެއިން ފަށައިފައި ވަނީ މިއަދު ހަވީރު ދަ ޑިމޮކްރެޓްސްގެ ހަރުގޭގައި ބޭއްވި ޖަލްސާ އަކަށް ފަހުއެވެ. އެގޮތުން އެ ޕާޓީއަށް ތާއީދު ކުރާ ބައެއް އާންމުން ފަރާތްތަކާ އެއްތަނަކުން ބައްދަލުކުރުމުގެ އިތުރުން ދޮރުންދޮރަށް ޒިޔާރަތް ކުރުން ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

The Democrats mvދަ ޑިމޮކްރެޓްސް އިން ގދ ތިނަދޫގައި މިހާރު ކުރިޔަށްދާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން.

ދަ ޑިމޮކްރެޓްސްގެ މި ދަތުރުގައި ރައީސް ނަޝީދު އާއި އެ ޕާޓީގެ ކެނޑިޑޭޓް އިލްޔާސް ލަބީބްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ގައި ހުވަދު އަތޮޅަށް ކުރާ ދަތުރުގައި ރަނިންމޭޓް އަމްރު ބައިވެރިވެ ވަޑައިނުގަންނަވައެވެ. ނަމަވެސް އެ ޕާޓީގެ އިސް ސަފުގައި އަމްރުގެ ބައްޕާފުޅު ގެންދަވަނީ ހަރަކާތްތެރި ވަމުންނެވެ.

https://twitter.com/Simwarr/status/1690342904273977344?s=20

ތިނަދޫ ގައި ކުރިޔަށް ގެންދާ ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ތަން ފެންނަނީ މީގެ ކުރިން އެމްޑީޕީގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅުންނެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި