މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް، ރައްޔިތުންނާއި ގާތުން މިފަދަ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރ. އަލިފުށީގައި ޤާއިމްކުރާ ޓިވެޓް ސެންޓަރުގެ ރ.އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާއިރު، މިހާރު ވަނީ މި އިންސްޓިޓިއުޓުގައި ސެޕްޓެމްބަރ 2023 ގައި ފަށާ ކޯސްތަކުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލެވިފައެވެ.
އެގޮތުން، ލެވެލް 3 ގެ ކޯހަކާއި އެކު ޖުމްލަ 10 ކޯހެއް މި ސެޕްޓެމްބަރ ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޕްޓެމްބަރ އިންޓޭކްގައި ފަށާ ކޯސްތަކުގެ ތެރޭގައި ފައިބަރގްލާސް ބޯޓްބިލްޑިންގާއި، އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ދާއިރާގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ސެޓްފިކެޓް ލެވެލް 3، އެޑްވާންސް ސެޓްފިކެޓް އަދި ޑިޕްލޮމާ ލެވެލްގެ ކޯސްތައް ހިމެނިފައިވެއެވެ.
ސެޕްޓެމްބަރ އިންޓޭކް 2023 ގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 20 އޯގަސްޓަށް ހަމަވާނެއެވެ. ކޯސްތަކުގައި ބައިވެރިވުމަށް އޮންލައިންކޮން ހުށަހެޅޭނެއެވެ. މިއިންސްޓިޓިއުޓްގެ ކޯސްތަކަކީ ސަރުކާރުގެ ޚަރަދުގައި ހިލޭ ކިޔަވައިދެވޭ ކޯސްތަކެކެވެ.
މިއިންސްޓިޓިއުޓުގައި މިހާރު ފެށޭ ކޯސްތަކުގެ އިތުރުން މިއަހަރުތެރޭގައި، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އެންޖިނިއަރިންގް، މެރިން މެކޭނިކްސް، އޮޓޯމޯޓިވް ރިޕެއަރ، ވެލްޑިންގް، އެއަރކޮންޑިޝަނިންގް އެންޑް ރެފްރިޖަރޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާއިން ތަފާތު ކޯސްތަށް ފެށިގެން ދާނެއެވެ.
މީގެ އިތުރުން މިއޯގަސްޓުމަހު ފަހުކޮޅު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ކެރިއަރ ގައިޑެންސް އޯޕަންޑޭ އެއް ކުރިޔަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި އޯޕަންޑޭގައި މިޓެކްނިކަލް އިންސްޓިޓިއުޓުގައި ސެޕްޓެމްބަރ ގައި ފަށާ ކޯސްތަކާއި، މިއަހަރު އިތުރަށް ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން، މިނިސްޓްރީ އޮފް ހަޔަރއެޑިޔުކޭޝަނުން ކުރިޔަށް ގެންދާ، ސްޓުޑެންޓް ލޯން ސްކީމްތަކާއި، ސްކޯލަރޝިޕްތަކުގެ މައުލޫމާތު ދިނުން ކުރިޔަށް ގެންދެވޭނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.