1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ރިޔާސީ އިންތިޚާބު 2023

އަޅުގަނޑުގެ ނަން އަޑުއިވެމުން އައިސްފައިވާނީ ރައްޔިތުންނަށް އެހީވުމުގައި ދެވަނައެއް ނޫވާ މީހެއްގެ ގޮތުގައި: ގާސިމް

gasim ibrahim
ފޮޓޯ: ރައްޔިތުންގެ މަޖިލީސް
އައިޝަތު ސަދާ ސަޢީދު
622ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މުޖުތަމަޢުގެ ތެރޭގައި މަޝްހޫރުވެގެން އުޅޭ ވިޔާނުދާ މީހުންގެ ލިސްޓުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ނަންފުޅެއް ނޯންނާނެ ކަމަށާއި އެހެނަސް ރައްޔިތުންނަށް އެބޭފުޅާ އެނގިވަޑައިގެންފައިވާނީ، އެކި ރޮނގުން ރޮނގުން ދެވަނައެއް ނުވާ މީހެއްގެ ގޮތުގައި ކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ރޮޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމް މިހެން ވިދާޅުވީ އިންތިހާބުގެ ކެމްޕެއިންއަށް، އދ. ފެންފުއްޓަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ގާސިމްއަކީ އެއްވެސް ވިޔާނުދާ ކަމެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ނުބުނެވޭނެ ކަމަށް ވިދާޅުވިއެވެ.

300 × 250

އެގޮތުން ގާސިމް ވިދާޅުވީި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ އަމިއްލަ އެދުންތަކެއް ނެތިވެ، ގައުމު ހެޔޮގޮތުގައި ކުރިއަށް ގެންދިޔމަށް ކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ރައްޔިތުން ރަނގަޅު ވިސްނާލުމަކުން ވިސްނައިފިއްޔާ އެބޭފުޅާއަކީ ކީއްކުރަން އަދި ކޮން ގޮތަކަށް މަސައްކަތްކުރާ މީހެއްކަން އެނގިގެންދާނެ ކަމަށެވެ.

"އަޅުގަނޑަށް ކަށަވަރު އަޅުގަނޑުމެންގެ ތެރޭގައި މަޝުހޫރުވެގެން މިއުޅޭ ވިޔާނުދާ ކަންތައްތައް ކުރާ މީހުންގެ ލިސްޓުގައި އަޅުގަނޑުގެ ނަމެއް ނޯންނާނެކަން. އެކަމަކުވެސް ހަމަ ތަފާތު ރޮނގުރޮނގުން ރައްޔިތުންނަށް އަޅުގަނޑުގެ ނަން ތިބޭފުޅުންނަށް އަޑުއިވެމުން އަންނާނީ ދެވަނައެއް ނުވާ މީހެއްގެ ގޮތުގައިކަން އަޅުގަނޑަށް ކަށަވަރު" ގާސިމް ވިދާޅުވިއެވެ.

އެގޮތުން ގާސިމް ވިދާޅުވީ އެބޭފުޅާ ބޭނުންވަނީ މި ގައުމަށް ފުރިހަމައަށް އިސްލާހުތައް ގެެނެސް، ރައްޔިތުންނަށ ްތަނަވަސްކަމާއި ދުޅަހެޔޮ ދުވަސްތަކަކާއި ފުރިހަމަ މިނިވަންކަމެއް ގެނައުމަށް ކަމަށެވެ. އަދި ގާސިމްއެކޭ އެއްފަދައިން ރައްޔިތުންވެސް އަމިއްލަ ތަނަވަސް މީހުންނަށް ވެގެން އުޅޭ މަންޒަރު ދެކެން ބޭނުންވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ޝަރީފް ހިމަންދޫ

    ގާސިމަކީ އަންނަ ކޮންމެވެރިކަމެއްގައިވެސް މުށުތެރެޔައް އެތިވަރުތަކެއް ލެއްވޭތޯ ބެއްލެވި ބޭފުޅެއް ގާސިމަކީ މިގައުމުއަނދަވަޅަކައްވައްޓާލަން އަބަދުވެސް ފެންބޮވައިގެންވާ ބޭފުޅެއް

ގުޅުންހުރި