ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުތަކުގައި، ރަށްރަށަށް ވަޑައިގެން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ރައްޔިތޔުންނަށް ކޮށްދެއްވާނެ ކަމަށް ވެ ވަޑައިގަންނަވާ ވައުދުތަކަކީ، ރައީސް އިބްރާހިމް މުހައްމަަދު ޞޯލިހްގެ ސަރުކާރުން މިހާރުވެސް ކުރިއަށް ގެންދާ މަޝްރޫއުތަކެއްކަމަށް ޑިފެންސް މިނސްޓަރ މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، މުޢިއްޒުގެ ފަރާތުން ރައްޔިތުންނަށް އާ ވައޫދުތަކެއް ވަމުންދާ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ދެއްކެވެނީ މި ސަރުކާރުން ރައްޔިތުންނަށްޓަކައި ހިންގަމުންގެންދާ މަޝްރޫޢުތަކުގެ ވާހަކަތައް ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
"... ކޮންމެ ފަހަރަކު ވެސް މި ވައުދު ވެވަޑައިގަންނަވަނީ އަޅުގަނޑުމެންގެ ހިނގަމުންދާ މަޝްރޫއުކާ ގުޅިގެން. އަޅުގަނޑުމެން ކުރަން ބުނެފައި ހުންނަކަމެއް ނޫން. ހިނގަމުންދާ މަޝްރޫއުތައް، ތިމަންނާ ވެރިކަމަށް އަތުވެއްޖެއްޔާ ކުރާނަމޭ،" މާރިޔާ ވިދާޅުވި އެވެ.
އެގޮތުން މުލީގައި އެއާޕޯޓްއެއް އަޅާނެ ކަމަށް މުއިއްޒު ވައުދުވި އިރު މި ސަރުކާރުންގެންދަނީ މުލީގައި އެއާޕޯޓްއެއް އަޅަމުން ކަމަށާއި، ޕީޕީއެމް ޕީއެންސީއަކީ، ތަސައްވުރެއް އަދި މެނިފެސްޓޯއެއްވެސް ނެތް ޕާޓީއެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރަށްތަކަށް ވަޑައިގެން މުއިއްޒު ދައްކަވާ ވާހަކަތަކަށްވެސް މާރިޔާ ވަނީ ފާޑުވިދާލުވެފައެވެ. އެގޮތުން ކުދި ރަށްތަކަށް ވަޑައިގެން މުއިއްޒު ބުނަނީ އެ ރަށްތަކުގެ މުހިންމު ވާހަކަތައް ކަމަށާއި ބޮޑެތި ރަށްތަކަށް ވަޑައިގެން މުޢިއްޒު ވިދާޅުވަނީ އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ބޮޑެތި ރަށްތަކަށްކަމަށް މާރިޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ވެރިމަުގައި ޕީޕީއެމުން ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ވައުދުވެ ނުކުރެވި ހުރި ކަންތައްތަކުގެ ވާހަކަތައްވެސް މާރިޔާވަނީ ފާހަގަކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.