ދައުލަތުގެ މުދާ ބޭނުންކޮށްގެން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ، އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ގޮވާލައިފިއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ހދ.ކުމުންޑޫ އަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ކަމެއް ކުރުމަށް ނުވިސްނާ ކަމަށާއި، ޢެގެ ބަދަލުގައި ކުރާ ކަމަކީ އިންތިހާއަށް ޚަރަދުތައް ކުރުން ކަމަށެވެ. މީގެ އިތުރުން، ތިން ބިލިއަން ޑޮލަރުގެ ލޯނު ތިން އަހަރުގެ ތެރޭގައި ވަކި ގައުމަކުން ނަގާއިރު އެ ލޯނު ނުދެއްކޭނެކަން ރަނގަޅަށް ވިސްނެންޖެހޭނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއި އާދޭހައި އެކު މި ދަންނަވަނީ އެހެން ނުހައްދަވާށޭ. ދައުލަތުގެ މުދަލާއި އެއްޗެހި ބޭނުންކޮށްގެން އަމިއްލަ ކެމްޕޭން ނުކުރައްވާށޭ. ކަނޑައެޅިގެން ބޮޑު ކުށެކޭ. އަހަރެމެން ދުލެއް ނުކުރާނަމޭ ތިކަންތައް. ރައްޔިތުން މާފެއް ނުކުރާނަމޭ. ރައްޔިތުންނަށް ވަޒީފާ ދިނުމަކީ މައްސަލައެއް ނޫން. އެކަމަކު ގާނޫނުގައި ބަޔާންވެގެންވާ މާލިއްޔަތުގެ ގާނޫނާއި ހަރަދަށް ޒިންމާވުމުގެ ގާނޫނާއި ހެދުފައިހުރި އެހެން ގާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން މަސައްކްކުރެވޭނީ އަދި މަސައްކަތްކުރަން ވާނީ ވެސް."
ޤާސިމް ވިދާޅުވީ، މިއަދު ރައްޔިތުންގެ ކައިރިއަށް ނުކުމެ ހުންނެވީ، ގައުމު މިހާރުއޮތް ހާލަތަށް އަންނައިރު ކުރިން ބަދަލުތައް ގެނައުމަށް މަސައްކަތްކުރި މީހުން މިއަދު ނުނިކުމެ، ރައްޔިތުންނަށް އޮޅުން ފިލުވައި ނުދީ ހުއްޓައި އަޅުވެތިކަމުގެ ތެރެއަށް ހިނގައިދާނެތީކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.