ޚަބަރު
މި ސަރުކާރުން ވަނީ އަތޮޅުތަކުގެ ސިއްޙީ ނިޒާމް ފުނޑާލައިފަ: މުއިއްޒު

މިދިޔަ ފަސް އަހަރުގެ ތެރޭގައި މި ސަރުކާރުންވަނީ އަތޮޅުތަކުގެ ސިއްހީ ނިޒާމް ފުނޑާލައިފަ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލީގައި އެ ޕާޓީން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުުވީ، އެއްވެސް ރަށެއްގެ ޞިއްޙީ ޚިދުމަތް އެކަށީގެންވާ ފެންވަރެއްގައި ނެތްކަމަށާއި، އެގޮތުން މިހާރު އަތޮޅު ތެރެއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ވަޑައިގަންނަވާ ހުރިހާ ރަށަކުން ޞިއްޙީ ޚިދުމަތުގެ ފެންވަރު ގޯސްވެފައިވާތީ އެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށެވެ.

“އަޅުގަނޑަށް ޔަގީންވާކަމަކީ ވަރަށް އާދަޔާ ޚިލާފަށް މި ސަރުކާރުން ހުރިހާ ރަށެއްގައިވެސް ކޮށްދިންކަމަކީ ޞިއްޙީ ނިޒާމު ފުނޑައިލުން. އެއްވެސް ރަށެއްގައި ނެތް ސިއްހީ މަރުކަޒެއް ރަނގަޅަށް. އެއްވެސް ރަށެއްގައި ނެތީ. އަޅުގަނޑު ހަމަ އަޖައިބުވީ މިކަން ކުރި ގޮތާމެދު،” ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ކޮންމެ ރަށަކަށް ވަޑައިގަތުމުންވެސް ރައްޔިތުން ބޭނުންވާ ކަންތައްތަކުގެ ލިސްޓެއް އެބޭފުޅާއަށް ލިބިވަޑައިގަންނަވާ ކަމަށާއި، އެގޮތުންވެސް އެންމެ ގިނައިން ތަކުރާރުވެފައިވާ ކަމަކީ ސިއްހީ ނިޒާމަށް ހައްލެއް ބޭނުންވެފައިވާ ކަންކަމުގައި މުއިއްޒު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!