1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

25 ދަރިވަރަކަށް ހަންގޭރީގައި ކިޔެވުމުގެ ސްކޮލަރޝިޕް ދީފި

F4oBN1PWcAIpt4b
ހުވަދޫ ނިއުސް ޓީމް
1,004ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހަންގޭރީގައި ކިޔެވުމަށް ދިވެހި ދަރިވަރުންނަށް ދެއްވަމުން އަންނަ ސްކޮލަރޝިޕް މިއަހަރު 25 ދަރިވަރަކަށް ހަމަޖައްސައިފިއެވެ.

ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަރޝިޕްއަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރސް އެންޑް ޓްރޭޑް އޮފް ހަންގެރީއާ ދެމެދު 2021 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ދެއްވަމުން އަންނަ ސްކޮލަރޝިޕެކެވެ.

މިއަހަރުގެ ސްކޮލަރޝިޕް ލިބުނު ދަރިވަރުން ފުރުމުގެ ކުރިން އެ ދަރިވަރުންނަށް ހާއްސަކޮށްގެން، ރާއްޖޭގައި ހުންނަވާ ހަންގޭރީގެ އޮނަރަރީ ކޮންސުލް ޖެނެރަލް މުހައްމަދް އަލީ ޖަނާހް ވަނީ ހޮޓެލް ޖެންގައި "ސެންޑް އޮފް" ރަސްމިއްޔާތެއް ބާއްވަވާފައެވެ.

300 × 250

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔާރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަންއާއި، ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމާއި ސަރުކާރު އޮފިޝަލުންނާއި އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ހަޔާރ އެޑިއުކޭޝަން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވަނީ ސްކޮލަޝިފް ހާސިލްކުރި ދަރިވަރުންނަށް މަރުޙަބާ ވިދާޅުވެ، ބޭރު ޤައުމެއްގައި ތައުލީމް ހާސިލުކުރަންދާއިރު ސަމާލުކަންދޭންވީ ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކިޔަވަން އުޅޭއިރު ރަނގަޅު އަޙްލާގެއް ގެންގުޅުމާއި ކިޔަވާ އެއްޗެއްގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށްވެސް ދަރިވަރުންނަށް މިނިސްޓަރ ބާރު އެޅުއްވިއެވެ.

"ބޭރު ޤައުމެއްގައި ކިޔަވާއިރު އަބަދުވެސް ތިމާ އަކީ މުސްލިމެއްކަމާއި ދިވެއްސެއްކަން ހަދާން ބަހައްޓައި އެ އަޙްލާގީ މިންގަޑު ދެމެހެއްޓުމަކީ މުހިންމު ކަމެއް" ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ސްކޮލަރޝިޕްތަކަކީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް މިދިޔަ އަހަރު ރާއްޖެ ވަޑައިގެންނެވި ހަންގެރީގެ ފޮރިން މިނިސްޓަރ ޕީޓަރ ސިއާޓޯގެ ދަތުރުފުޅުގެ ތެރެއިން ޤާއިމްކުރެއްވި އެއްބަސްވުމެއްގެ ދަށުން ހަމަޖެހިގެންދާ ސްކޮލަރޝިޕްތަކެކެވެ.

މިދިޔަ އަހަރު 15 ސްކޮލަޝިޕަށް ހުޅުވާލިނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އެދިވަޑައިގަތުމަކަށް އެ އަދަދު މިއަހަރު ވަނީ 25 ސްކޮލަޝިޕަށް އިތުރުކޮށްދެއްވާފައެވެ. އަދި މި ސްކޮލަރޝިޕްތައް ދިވެހިރާއްޖެއަށް ހޯއްދަވައިދެއްވުމުގައި ރާއްޖޭގައި ހުންނަވާ ހަންގޭރީގެ އޮނަރަރީ ކޮންސުލް ޖެނެރަލް މުޙައްމަދު ޢަލީ ޖަނާޙް ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަނާހް ވަނީ ސްކޮލަރޝިޕްގެ ފުރުސަތު ފަހިކޮށްދެއްވާކަމަށްޓަކައި ހަންގޭރީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސްކޮލަރޝިޕްގައި ލިބުނު ދަރިވަރުންގެ ވީޒާ ކަންކަން ހަމަޖެހި، އަންނަމަހު ފުރާނެކަމަށްވެސް ޖަނާހް ވިދާޅުވިއެވެ.

300 × 250

"ހުރިހާ ދަރިވަރުންނަށްވެސް ގާތްގަނޑަކަށް ސެޕްޓެމްބަރު 1 ގެ ނިޔަލަށް ވިސާ ލިބި ހުރިހާ ކަންތައް ހަމަޖެހިގެން ދާނެ" ޖަނާހް ވިދާޅުވިއެވެ.

މި ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ކޯސް ފީ އަދި އެކޮމޮޑޭޝަން އާއި ލައިބްރަރީގެ ޚިދުމަތް އަދި ކަނޑައެޅިފައިވާ ސްޓައިޕެންޑް ނުވަތަ ފައިސާ އެހީއެއް ކިޔެވުމުގެ މުއްދަތުގެ ތެރޭގައި ކޮންމެ މަހަކު ދަރިވަރުންނަށް ލިބޭނެއެވެ.

https://twitter.com/MoHEmv/status/1696169595936120988?s=20

މި ސްކޮލަރޝިޕްގައި ދަރިވަރުން މާލެއިން ހަންގެރީއަށް ދިއުމާއި އައުމަށް ދަތުރުގެ ޚަރަދާއި ވިސާ ނެގުމުގެ ޚަރަދު ހަމަޖައްސައިދޭނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުންނެވެ.

ސްޓައިޕެންޑަމް ހަންގޭރިއަމް ސްކޮލަޝިޕްގެ ދަށުން 75 ދަރިވަރަކަށް ސްކޮލަޝިޕްގެ ފުރުސަތު ހަމަޖައްސައިދޭން ވަނީ ނިންމާފައެވެ. އަދި މިހާތަނަށް 38 ދަރިވަރަކަށް މި ސްކޮލަރޝިޕް ދެއްވާފައެވެ.

ހަންގޭރީގެ އެކި ޔުނިވަރސިޓީތަކުގައި ކުރިއަށްދާ ކޯސްތަކުގައި މި ކުދިން ބައިވެެރިވާނެއެވެ. އޭގެތެރޭގައި ހިމެނެނީ އައިޓީ ދާއިރާ، ޖޯގްރަފީ އަދި ސައިކޮލޮޖީ ދާއިރާގެ ކޯސްތަކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި