1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

އޮކްޓޯބަރ 1 އިން ފެށިގެން ވިސްތާރާ އެއަރލައިނުން ދިއްލީއާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށަނީ

vistara_air
އިންޑިއާގެ ވިސްތާރާ އެއާލައިނުގެ ފްލައިޓެއް
ހުސައިން ޝިނާން
502ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންޑިއާގެ ވިސްތާރާ އެއާލައިނުން ރާއްޖެ އާއި ނިއުދިއްލީއާ ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ. މި ދަތުރުތައް ފަށާނީ އޮކްޓޫބަރު 1އިން ފެށިގެންކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ.

ވިސްތާރާ އެއާލައިނުން މިހާރު ވެސް އަންނަނީ އިންޑިއާގެ މުމްބާއީ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ބާއްވަމުންނެވެ. ނަމަވެސް މިއީ ދިއްލީއާއި ރާއްޖެއާއި ދެމެދު ދަތުރުފަށާ ފުރަތަމަ ފަހަރެވެ.

ވިސްތާރާ އެއަރލައިނުން ބުނެފައިވަނީ މި ދަތުރުތައް ހަފްތާގެ ކޮންމެ ދުވަހަކު ބާއްވާނެކަމަށެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ އޭ320ނިއޯ މަތިންދާބޯޓެވެ. މި މަތިންދާބޯޓުގައި އިކޮނޮމީ، ޕްރިމިއަމް އަދި ބިޒްނަޒް ކުލާހުގައި ދަތުރުކުރެވޭނެއެވެ.

300 × 250

އިކޮނޮމިކް ކުލާހުގެ ދެކޮޅު ޓިކެޓުގެ އަގުތައް ފެށޭނީ 5000 ރުފިޔާއިންކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ.

ވިސްތާރާ އެއަރލައިނުން ބުނީ ދިއްލީން ރާއްޖެއަށް ދަތުރުތައް ފެށުމުން އެގައުމުން އަންނަ ފަތުރުވެރިން އިތުރުވާނެކަމަށެވެ. އަދި މި ދަތުރުތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެކަމަށްވެސް އެ އެއަރލައިނުން ބުންޏެވެ.

އިންޑިއާއަކީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 131،926 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރު އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމެވެ. މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް 241،369 ފަތުރުވެރިން އައިސްފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި