1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ރާއްޖޭގައި އައު އިންޓަރނޭޝަނަލް އެއަރލައިނެއް ޤާއިމުކުރަނީ

big_rmQiagYfdGzKj0E014iqmNjPo
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އާއި ދެމެދު އައު އިންޓަރނޭޝަނަލް އެއަރލައިނެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ހުވަދޫ ނިއުސް ޓީމް
615ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އާއި ދެމެދު އައު އިންޓަރނޭޝަނަލް އެއަރލައިނެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ދެ ފަރާތުގެ ދެމެދު ސޮއިކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީގައި އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނީ ދެ ފަރާތުގެ ދެމެދު ވެވުނު މި އެއްބަސްވުމަކީ ވައިގެ ދަތުރުފަތުރާއި، ކަނެކްޓިވިޓީއަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ފެށުނު ވަރަށް އުއްމީދީ ދަތުރެއްކަމަށެވެ.

މި އެއްބަސްވުމަކީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއި އައިލެންޑް އޭވިއޭޝަން ގުޅިގެން ސްޓްރެޓެޖިކް ގޮތުން ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

300 × 250

އެގޮތުން ރާއްޖެ ދުނިޔެއާ ގުޅުވައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ވިސްނުމަކާއެކު، ރާއްޖޭގެ ރީތިކަމާއި މެހެމާންދާރީ ދައްކުވައިދޭ ދުނިޔޭގެ ފެންވަރުގެ ބައިނަލްއަޤްވާމީ އެއަރލައިނެއް އުފެއްދުމަށް މަސައްކަތްކުރާނެކަމަށް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެއެވެ.

މި ބައިނަލްއަޤްވާމީ އެއަރލައިންގެ އަމާޒަކީ އެކި މަންޒިލްތަކާއި ދިވެހިރާއްޖެ ގުޅުވާލަދީ، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ފެންވަރު ރަނގަޅު ވައިގެ ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށް އައިލެންޑް އޭވިއޭޝަނާއި ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން މިއީ ހަމައެކަނި ޗައިނާ، ޔޫރަޕް އަދި ރަޝީއާ މަކެޓްތަކަށް ބަރޯސާވުމުގެ އިތުރުން، އައު މަންޒިލްތަކަށްވެސް ރާއްޖެ ހުޅުވާލުމަށް މަސައްކަތްކުރާނެ އެއަރލައިނެއްކަމަށް ދެ ފަރާތުންވެސް ބުނެއެވެ.

މިއީ ދެމެހެއްޓެނިވިގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދު ކުރިއެރުވުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ދާއިރާވެސް އައު ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއްގެގޮތުގައި ފަންޑް މެނޭޖްމަންޓާއި އައިލެންޑް އޭވިއޭޝަނުންވެސް ފާހަގަކުރެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި