އޯޒޯން ލައިފް މާދޫ ރިސޯޓުގައި ޕެޓްލޯލު ފީފާއެއްގައި ރޯވެ ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މިރޭ 7:13 ހާއިރު އޯޒޯން ލައިފް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ ރިސޯޓުގެ މުވައްޒަފުން މިހާރު އެއަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ ޕެޓްރޯލް ޓޭންކެއް ކައިރީ ހުރި ފީފާއެއްގައި ކަމަށާއި މިހާދިސާގައި ހަތަރު މީހަކު ފިހިގެން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ތިން ބިދޭސީން ކަމަށެވެ. ނަމަވެސް އެފަރާތްތަކަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ދެއްވާފައި ނުވެއެވެ.
އެމްއެންޑީއެފްގެ ޓީމަކުން މިހާރު އަންނަނީ އެ ރިސޯޓުގައި ހަރަކާތްތެރިވަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.